logo
ކުޅިވަރު

ރަޝްފޯޑުގެ ފާޑުކިޔުންތައް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބަންޑުންކޮށްލައިފި

އަބްދުﷲ ޣާނިމް
13 އޯގަސްޓު 2025 - 13:42
މާކަސް ރަޝްފޯޑު
މާކަސް ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ތަރި މާކަސް ރަޝްފޯޑް ވަނީ ކްލަބުގެ މިހާރުގެ ހާލަތާ މެދު ފާޅުގައި ފާޑުކިޔަން ފަށައިފިއެވެ. އެގޮތުން ކްލަބް އަދިވެސް ހަގީގީ މާނައިގައި ބަދަލުވުމުގެ މަރުހަލާ (ޓްރާންސިޝަން) ފަށައިގަނެފައި ނުވާ ކަމަށް ބުނެ ފާޑުކިޠާފައިވެއެވެ.

ގެރީ ލިނެކަރގެ "ދަ ރެސްޓް އިޒް ފުޓްބޯލް" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ރަޝްފޯޑް ބުނީ، "މީހުން ބުނޭ އަހަރެމެން އެތައް އަހަރެއް ވަންދެން ބަދަލުވުމުގެ މަރުހަލާގައި އުޅެމުންދާ ކަމަށް. އެކަމަކު ބަދަލުވުމުގެ މަރުހަލާއެއްގައި އުޅޭނީ އެކަން ފަށައިގަތީމަ. އަދި ހަގީގީ ބަދަލުވުން ފެށިފައެއް ނެތް."
Hajj Corpooration

ލިވަޕޫލްގެ މިސާލު ދައްކަމުން ރަޝްފޯޑް ބުނީ އެ ކްލަބުން ޔުރްގެން ކްލޮޕް ގެނެސް އޭނާއާއެކު ދެމިތިބި ކަމަށެވެ. ފުރަތަމަ އަހަރުތަކުގައި ކާމިޔާބު ނުލިބުނު ނަމަވެސް، ފަހުން އެންމެ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރި ކަމަށް އޭނާ ފާހަގަކުރިއެވެ. ބަދަލުވުމުގެ މަރުހަލާއެއް ފެށުމަށް ޕްލޭނެއް އެކުލަވާލައި، އެއާ އެއްގޮތަށް ދެމިތިބެންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ސަރ އެލެކްސް ފަރްގަސަންގެ ދައުރުގައި ކްލަބުގެ ފުރަތަމަ ޓީމާއި އެކަޑަމީގައި ވެސް އެއް އުސޫލުތަކެއް ގެންގުޅުނު ކަމަށް ރަޝްފޯޑް ބުނެފައިވެއެވެ. އޭރު 15 އަހަރުގެ ކުޅުންތެރިންނަށް ވެސް މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުމުގެ އުސޫލުތައް އެނގޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ދިގު މުއްދަތަކަށް ކާމިޔާބު ހޯދާ ކޮންމެ ޓީމެއްގައިވެސް އުސޫލުތަކެއް ހުރޭ. އެ އުސޫލުތަކާ އެއްގޮތަށް ކޮންމެ ކޯޗަކާއި ކުޅުންތެރިއަކު ވެސް ހިނގަން ޖެހޭ. ބައެއް ފަހަރު ޔުނައިޓެޑް ކާމިޔާބު ހޯދަން ބޭނުންވި. އެކަމަކު އެއީ ރިއެކްޝަނަރީ ގޮތަކަށް. ދާން ބޭނުންވާ މިސްރާބު އަބަދު ބަދަލުވަމުންދާއިރު ލީގު ކާމިޔާބުކުރެވޭނެ ކަމަކަށް އުއްމީދެއް ނުކުރެވޭނެ،" ރަޝްފޯޑް ބުންޏެވެ.

ރަޝްފޯޑަކީ ޔުނައިޓެޑުގެ އެކަޑެމީ ގްރެޖުއޭޓްއެކެވެ. 27 އަހަރުގެ ރަޝްފޯޑު އާމެދު ޔުނައިޓެޑުގެ ސަޕޯޓަރުން ބޮޑެތި އުއްމީދުތަކެއް ކުރިނަމަވެސް، އެއްމީދުތަކާ ގާތަށްވެސް ރަޝްފޯޑުއަށް ޔުނައިޓެޑުގައި ކުޅެވިފައެއް ނުވެއެވެ. މިއާއެކު މިދިޔަ ސީޒަނުގައި ކޯޗުކަމާއި ހަވާލުވި އަމޯރިމްގެ ސްކޮޑުން ބާކީވެ، ރަޝްފޯޑު ވަނީ މިދިޔަ ސީޒަނުގެ ފަހުބައި އެސްޓަންވިލާ އަށް ކުޅެފައެވެ.

ކުރިޔަށް އޮތް ސީޒަނަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބާސާއަށް ބަދަލުވި ރަޝްފޯޑުގެފަރާތުން ބާސެލޯނާގެ ސަޕޯޓަރުންވެސް ބޮޑެތި އުއްމީދުތަކެއް ކުރެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެފްރީންގެ ސުވާލުއުފެދޭ އެތަކެއް ނިންމުންތަކާއެކު ބާސެލޯނާއިން މަޔޯކާގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | 3 ގަޑިއިރު ކުރިންބާސެލޯނާގެ ސަޕޯޓަރުންނަށް އުފާވެރިދުވަހެއް، ދެ ކުޅުންތެރިޔަކު ރެޖިސްޓްރީވެއްޖެކުޅިވަރު | 18 ގަޑިއިރު ކުރިންބަލޭބާ އަތުޖެހޭ ހިސާބަކު ނެތް! ޔުނައިޓެޑްގެ ފޯކަސް އެހެން ދިމާލަކަށްކުޅިވަރު | 19 ގަޑިއިރު ކުރިންރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބަކަށް މެންޗެސްޓަރ ޔުނައިޓެޑްކުޅިވަރު | 2 ދުވަސް ކުރިން