logo
ކުޅިވަރު

ބާސެލޯނާގެ ސަޕޯޓަރުންނަށް އުފާވެރިދުވަހެއް، ދެ ކުޅުންތެރިޔަކު ރެޖިސްޓްރީވެއްޖެ

އަބްދުﷲ ޣާނިމް
16 އޯގަސްޓު 2025 - 11:43
ބާސެލޯނާގެ ސަޕޯޓަރުންނަށް އުފާވެރިދުވަހެއް، ދެ ކުޅުންތެރިޔަކު ރެޖިސްޓްރީވެއްޖެ

ބާސެލޯނާގެ ސީޒަންގެ ފުރަތަމަ މެޗުގެ ކުރިން، މާކަސް ރޭޝްފޯޑް އަދި ޖޯން ގާސިއާ ލަ ލީގާގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިއްޖެއެވެ. މި ދެ ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައިވަނީ ލީގުގެ ފުރަތަމަ މެޗުގައި މަޔޯކާއާއި ދެކޮޅަށްނިކުންނަން މަދު ގަޑިއިރުތަކަކަށް ވެފައިވަނިކޮށެވެ.

މިފަހަރުގެ ޓްރާންސްފަރ ވިންޑޯގައި ބާސެލޯނާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރެކޭ އެއްފަދައިން، އައު ކުޅުންތެރިންނާއި އައު އެއްބަސްވުމުގައި ސޮއިކުރި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. ގާސިއާ ރަޖިސްޓްރީ ކުރެވުނީ ޓެރް ސްޓެގެންގެ މުސާރައިން ދޫކޮށްލުމަށް ލަ ލީގާއިން ހުއްދަ ދިނުމާ ގުޅިގެންނެވެ. މި ދެ ކުޅުންތެރިން ރަޖިސްޓްރީ ކުރެވިފައިވަނީ އޮގަސްޓް 16 ވަނަ ދުވަހުއެވެ. މިއީ ރެޖިސްޓްރޭޝަން އާހެދި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ބާސެލޯނާ ގެ މެނޭޖްމަންޓަށާއި ސަޕޯޓަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

Hajj Corpooration

އެހެންނަމަވެސް، އަދިވެސް ބައެއް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. ގޯލްކީޕަރު ވޮއިޒެޚް ސްޓެންސްނޭ، އާއި ރޫނީ ބާޑްގްޖީ އަދި ޑިފެންޑަރު ޖެރާޑް މާޓިން އަދި ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ. މި ތިން ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ.

ގާސިއާ އަދި ރޭޝްފޯޑްގެ ޖާޒީ ނަންބަރުތައް އަދި ރަސްމީކޮށް އިއުލާން ކުރެވިފައެއް ނުވެއެވެ. ގާސިއާ ޕްރީ ސީޒަންގައި ކުޅުނީ ނަންބަރު 1 ގައި ނަމަވެސް، މިހާރު ރަޖިސްޓްރީ ކުރެވިފައިވަނީ ނަންބަރު 13 ގައެވެ. މެންޗެސްޓަރ ޔުނައިޓެޑުން އެއްބަސްވުމެއްގެ ދަށުން ގެނެވިފައިވާ ރަޝްފޯޑް ކުރިން ނެގި ނަންބަރު 14 ދެމެހެއްޓުމަށް ނިންމާފައިވެއެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެފްރީންގެ ސުވާލުއުފެދޭ އެތަކެއް ނިންމުންތަކާއެކު ބާސެލޯނާއިން މަޔޯކާގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | 4 ގަޑިއިރު ކުރިންބާސެލޯނާގެ ސަޕޯޓަރުންނަށް އުފާވެރިދުވަހެއް، ދެ ކުޅުންތެރިޔަކު ރެޖިސްޓްރީވެއްޖެކުޅިވަރު | 20 ގަޑިއިރު ކުރިންރަޝްފޯޑުގެ ފާޑުކިޔުންތައް މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ބަންޑުންކޮށްލައިފިކުޅިވަރު | 4 ދުވަސް ކުރިންބާސާ އޯކޭ، ވިލަރެއާލް އޯކޭ އެކަމް ރެއާލް އަކަށް އޯކޭ އެއް ނޫން. މަޔާމީގައި މެޗު ކުޅެން ނިންމުމާއެކު ޕެރޭޒް ރަތަށްކުޅިވަރު | 4 ދުވަސް ކުރިން