logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެފްރީންގެ ސުވާލުއުފެދޭ އެތަކެއް ނިންމުންތަކާއެކު ބާސެލޯނާއިން މަޔޯކާގެ މައްޗަށް ކުރިހޯދައިފި

އަބްދުﷲ ޣާނިމް
17 އޯގަސްޓު 2025 - 03:32
ރޭގެ މެޗުގައި މަޔޯކާގެ ދެކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާފައި
ރޭގެ މެޗުގައި މަޔޯކާގެ ދެކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާފައި

ލަލީގާގެ ޗެމްޕިއަން ބާސެލޯނާއިން މި ސީޒަންގެ ލަލީގާގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ. މިމެޗު ބާސާއިން ކާމިޔާބުކުރީ 3-0 އިންނެވެ. މަޔޯކާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ރެފްރީގެ ނިންމުންތަކާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ.

މެޗުފެށިގެން އެންމެ 7 މިނެޓުގައި މިދިޔަ ސީޒަނުގެ ލަލީގާގެ މޮޅުކުޅުންތެރިޔާ ރަފީނިޔާ ވަނީ ޔަމާލްގެ އެސިސްޓަކާއެކު ގޯލެއް ޖަހާފައެވެ. މިމެޗުގައި ރެފްރީންގެ ނިންމުންތަކާމެދު ސުވާލު އުފެދޭންފެށި 23 ވަނަ މިނެޓުގައި ފެރާން ޖެހިގޯލާއެކީގައެވެ. މިގޯލު ޖެހުމުގެ ކުރިން މަޔޯކާގެ ކުޅުންތެރިޔެއްގެ ބޮލަށް އަނިޔާވެ ވެއްޓިފައި އޮތުމާއެކު ރެފްރީ ކަށިގަނޑު ފުމަން އަނގަޔަށް ކަށިގަނޑު ލުމާއެކު މަޔޯކާގެ ކުޅުންތެރިން ވަނީ ކުޅުން ހުއްޓާލާފައެވެ. ނަމަވެސް ރެފްރީގެ ކަށިގަނޑުގެ އަޑުގެ ކުރީން ޓޮރޭސް ވަނީ ގޯލު ކާމިޔާބުކޮށްފައެވެ. އެހެންކަމުން ޤަވާއިދުގައި އޮންނަގޮތުން މިގޯލް ކެންސަލް ކުރެވޭނެ ގޮތެއް ނެތެވެ. މަޔޯކާގެ ކުޅުންތެރިންގެ ހިތްހަމަ ނުޖެހުމަކީ ރެފްރީ ކަށިގަނޑު ފުމުން ލަސްކުރުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުންވެސް މަޔޯކާގެ ދެކުޅުންތެރިޔަކަށް ފުރަތަމަ ހާފުގައި ރަތްކާޑު ދެއްކުމާއެކު މެޗު އިތުރަށް ހޫނުވާން ފެށިއެވެ. މައްސަލަ ދެވަނަ ފަހަރަށް ގޯސްވެގެންދިޔައީ ފުރަތަމަ ހާފުގެ ފަހުވަގުތުގައި ރަފީނިޔާ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރީނދޫ ކާޑުދެއްކުމާއި ގުޅިގެންނެވެ. މިހިސާބުން ފެށިގެން މެޗުގެ ބާކީބައި ފެނިގެންދިޔައީ ވަރަށް ހޫނުކޮށެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ މިމެޗުގެ ރެފްރީގެ ނިންމުންތަކާއި ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔަ މިދިޔަ ސީޒަނުގައި މިރެފްރީ އާއި ދެކޮޅަށް ލަލީގާއަށް މެޑްރިޑުން މައްސަލަވެސް ހުށަހަޅާފައިވާކަމެވެ.

533681196_1415035290423958_4998771204736967309_n.jpg

ރަފީނިޔާގެ ފަރާތުން ފެނިގެންދިޔަ ނުރައްކާތެރި ފައުލް

މެޗުގެ ދެވަނަ ހާފުގައި ދެ ކުޅުންތެރިން މަދުން ކުޅެން ޖެހުމާ ގުޅިގެން މަޔޯކާ ކުޅުނީ ބަސް ޕާކުކޮށްގެންނެވެ. ރޭގެ މެޗު ނިމުމުގެ ކުރިން ލަމީން ޔަމާލް ވެސް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

2019 ވަނަ އަހަރުން ފެށިގެން ލަ ލީގާގައި ވިދިވިދިގެން އެއްވެސްޓީމަކަށް ޗެމްޕިއަންކަން ހޯދިފައިނުވާއިރު، ބާސެލޯނާއިން މި ސީޒަނަށް ނިކުމެފައިވަނީ ތާރީޚު ބަދަލުކޮށް ލީގު ތަށި އަނބުރާ ހޯދުމުގެ އުއްމީދުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފިކުޅިވަރު | 30 މިނިޓު ކުރިންބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | ދުވަހެއް ކުރިންމެސީ ބާސާއިން ބޭރުކޮށްލި ލަޕޯޓާ ރައީސްކަމުން ބޭރުކުރަން މެސީ ނިކުންނަނީކުޅިވަރު | 7 ދުވަސް ކުރިންޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 8 ދުވަސް ކުރިން