މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ނުދޭން ނިންމައިފިން: ޓްރާންސްޕޯޓް މިނިސްޓްރީ

ފޮޓޯ--/ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ވެހިކަލްތައް ނެގުމުގެ މަސައްކަތްކުރަނީ

23 ސެޕްޓެމްބަރު 2024 - 11:41
23 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން، މާލޭ ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ސިޓީ ކައުންސިލަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.
މިނިސްޓްރީން މިގޮތަށް ނިންމީ އެކަމާއި ގުޅުވައި ނެރުނު އިއުލާނެއްގައެވެ.
މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ މާލޭގެ މަގުތަކުގައި ޢާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ޙައްލުކުރުމަށް މަގުފަހިކުރުމަށާއި، އެންމެހައި ރައްޔިތުންނަށް ހަމަހަ ގޮތުގައި މަގުތަކުގައިވާ ޢާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން މި ތާރީޚާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް އެ ކައުންސިލަށް ވަނީ އަންގާފައެވެ. މާލެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ބޮޑުވެ މަގުމަތީގައި ގަވާއިދާއިޙިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ވަނީ މި ހަފްތާގައި ކުރިއަށް ގެންގޮސްފައެވެ، އެގޮތުން 224 އުޅަނދުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އިތުރު ލިޔުންތައް

ބައި-އިލެކްޝަން ކާމިޔާބުކޮށް މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކޮށްފި
8 މަސް ކުރިން
މިދިޔަ މަހު އެކަނިވެސް މާލޭގެ މަގުމައްޗަށް ކުނި އެޅުމުގެ 34 މައްސަލައެއް
8 މަސް ކުރިން
މާލެ މަގުމަތީގައި ހުރި ބާ އުޅަނދުތައް ނަގަނީ
7 މަސް ކުރިން