މި ސަރުކާރަކީ ރައްޔިތުންނަށް އަޅާލާ އިހްސާންތެރި، އޯގާތެރި ސަރުކާރެއް: ލަތީފް

6 އޯގަސްޓު 2025 - 14:45

މި ސަރުކާރަކީ ރައްޔިތުންނަށް އަޅާލާ އިހްސާންތެރި، އޯގާތެރި ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބުދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ލަތީފް ވިދާޅުވީ، ރާއްޖޭގައި ތެލަސީމިއާ ޢާއިލާތަކަށްބޮޑެތި މައްސަލަތަކެއް ކުރިމަތިވިކަމަށެވެ. އެކަންކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ވަރަށް ފުރިހަމައަށް ހައްލުކޮށް އިންތިޒާމްކޮށްދެއްވާފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.
''ސަރުކާރުގެ ތެރެއިން ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ވަރަށް ރަނގަޅަށް ފުރިހަމަކޮށް މިފަދަ ކުދިންނަށް، މިފަދަ ބެލެނިވެރިންނަށް، މިފަދަ މައިންބަފައިންނަށް ފުރިހަމަކޮށްދީފައިވަނީ މިއަދުގެ ސަރުކާރުން'' ލަތީފް ވިދާޅުވެފަވެއެވެ.
ތެލަސީމިއާ މައްސަލައަކީ މީގެ ކުރީން އަޅާނުލައި ދޫކޮށްލާފައިވާ، ރައްޔިތުންނަށް ކުރިމަތިވެފައިވާ އޮތް ކޮންމެހެން ވެސް ހައްލުކޮށްދޭންޖެހިފައިވާ ބޮޑު މައްސަލަ ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.
ލަތީފް ވިދާޅުވީ، ތެލަސީމިއާ މައްސަލަ ޙައްލު ކުރުމުގައި ވަރަށް ގިނަ ދަތިއް، އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވާ ވަރަށް ގިނަ މައިންބަފައިންންނާއި ދަރިންތަކެއް ތިބިކަމަށެވެ. އަދި އެކުދިންނަށް އަޅާލައި، މި އިޙްސާންތެރިކަމާއި، މި ޚިދުމަތްތައް މިއަދުގެ ސަރުކާރުން ވަނީ ވަރަށް ރަނގަޅަށް ފުރިހަމަކޮށްދީފައިކަމަށް ލަތީފް ވިދާޅުވިއެވެ.
''ޚާއް ސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ބޭނުންފުޅ ވަނީ މި ދިމާވެގެން އުޅޭ މައްސަލަ ވަރަށް ރަނގަޅަށް ޙައްލު ކޮށްދީ، މި އުފާވެރިކަން މި ޢާއިލާތަކަށް، މި ހިތްހަމަޖެހުން ގެނެސްދީ މިކަން ރަނގަޅު ކޮށްދިނުމަށް، އެކަން ފުރިހަމަކޮށްދިނުމަށް ޓަކައި އެ މަނިކުފާނު ޚާއްސަ ސަމާލުކަމެއްދީގެން އެކަމާ ބެހޭ ހުރިހާ ވަސީލަތްތަކެއް، ހުރިހާ ޚިދުމަތްތަކެއް މިހާރު އެ ތަނުން ލިބޭ ގޮތަށް އިންތިޒާމު ކުރައްވަނީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން'' ލަތީފް ވިދާޅުވީއެބެ.
އެހެންކަމުންމިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް އަޅާލައ،ި އޯގާތެރި، އިޙްސާންތެރ،ި ރައްޔިތުންނަށް ޚިދ މަތްދޭ، ޚިދުމަތްދޭ ބޭނުންވާ ސަރުކާރެއްކަން އެނގިގެން ހިނގައްޖެކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.