logo
ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދާ ބިލުގެ މަސައްކަތް މާދަމާގެ އެޖެންޑާއަށް

އާމިނަތު ޝަފާ
14 ސެޕްޓެމްބަރު 2025 - 11:05
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ހިޔާލު ހޯދާ ބިލުގެ މަސައްކަތް މާދަމާގެ ޖަލްސާގެ އެޖެންޑާއަށް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފައިވާއިރު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ބިލު މަޖިލީހުން ފާސްކުރިގޮތުގެ ރިޕޯޓު މާދަމާގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލު ކޮމިޓީ މަރުހަލާގައި ފާސްކުރީ ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ބިލަށް ގެނައި އިސްލާހުތައް:

  • ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް ކޮމިޝަނުގައި އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް ބުނާ މާއްދާ އަށް ބަދަލުގެނެސް 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިޚްތިޔާރު އީސީ އަށް ދިނުން.

 

  • ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްޙަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންކަމަށް ބުނާ މާއްދާއެއް އިތުރުކުރުން.

 

  • ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެ މާއްދާއެއް އިތުރުކުރުން.

 

ސަރުކާރުގެ ފަރާތުން މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ކަމަށާއި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެއެވެ. މީގެ އިތުރުން މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާ، ރާއްޖޭގެ ސަރަހައްދު ބަދަލު ކުރަން ޖެހޭނެ ގޮތް ވެސް ވަނީ ބިލުގައި ހިމަނާފައެވެ.

 އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ގާނޫނެއް ނެތެވެ.

މީގެ އިތުރުން މާދަމާގެ އެޖެންޑާގައި ދެން ހިމެނެނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ނައިބު ރައީސަކު ކަނޑައެޅުމަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސަކު ކަނޑައެޅުމުގެ މަސައްކަތްތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. ދެވަނަ ދައުރު ފެށިފައިވަނީ 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ، މިމަހުގެ 19 ވަނަ ދުވަހުއެވެ.

މެމްބަރުންގެ ޗުއްޓީއަށް ފަހު ތިން ވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. ނަމަވެސް މި ތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ޗުއްޓީއަށް ދިޔަ ފަހުން ދައުރުން ބޭރުން ޖަލްސާ ބާއްވާ މިއީ ދެވަނަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ހިޔާލު ހޯދާ ބިލުގެ މަސައްކަތް މާދަމާގެ އެޖެންޑާއަށްޚަބަރު | 15 ގަޑިއިރު ކުރިންޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢުޚަބަރު | 16 ގަޑިއިރު ކުރިންފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް ޚަބަރު | 2 ދުވަސް ކުރިންހޯމަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީޚަބަރު | 4 ދުވަސް ކުރިން