logo
ޚަބަރު

ހޯމަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

އައިޝަތު ނަޝާ
11 ސެޕްޓެމްބަރު 2025 - 08:32
ހޯމަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އަންނަ ހޯމަދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް މެންދުރަށް ކުރިން ވިދާޅުވި ގޮތުގައި ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ނައިބު ރައީސަކު ކަނޑައެޅުމަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސަކު ކަނޑައެޅުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. ދެވަނަ ދައުރު ފެށިފައިވަނީ 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ، މިމަހުގެ 19 ވަނަ ދުވަހުއެވެ.

މެމްބަރުންގެ ޗުއްޓީއަށް ފަހު ތިން ވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. ނަމަވެސް މި ތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ޗުއްޓީއަށް ދިޔަ ފަހުން ދައުރުން ބޭރުން ޖަލްސާ ބާއްވާ މިއީ ދެވަނަ ފަހަރެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ގަވާއިދުގެ 45 މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެދިފައިވާކަމަށާއި އެ ޖަލްސާ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާކަމަށެވެ.

ޖަލްސާގެ އެޖެންޑާ ފަހުގެ ވަގުތެއްގައި އާއްމުކުރާނެކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް ޚަބަރު | 8 ގަޑިއިރު ކުރިންހޯމަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީޚަބަރު | 2 ދުވަސް ކުރިންނެރެންޖެހުނީ ޤަވާއިދާއި ޚިލާފަށް ގަދަ ކަމުން ވަދެގަނެ ބައްދަލުވަށް ހުރަސް އެޅި ބައެއް: މަމްދޫހް ޚަބަރު | 3 ދުވަސް ކުރިންނޫސްވެރިން ބޭރުކުރީ، ސިއްރު ބައްދަލުވުމަކަށް ގަދަކަމުން ވަދެގަތުމުން: މަޖިލިސްޚަބަރު | 3 ދުވަސް ކުރިން