logo
އޮޕަރޭޝަން އަލިމަގު: 87 ތަނެއް ބަލާ ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްBank of Maldives

Bank of Maldives

ޚަބަރު

ފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ސެޕްޓެމްބަރު 2025 - 04:52
ފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އިން ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވެފައިވަނީ، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލު މަޖިލީހުން ފާސްވިކަމުގައި ވިޔަސް، ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް ބިލުގައި ނުހިމެނޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''އަމިއްލަ މެމްބަރ ޢަބްދުލް ހަންނާން ހުށައަޅާފައިވާ މީޑިއާ ބިލުގައި. ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް، މިބިލް ރައްޔިތުންގެ މަޖިލީހުން މިސާލަކަށް ފާސްވިއަސް ބަންދުވާގޮތަކަށް ބިލުގައި ނެތް، ތިޔަލޮބުވެތި ޒުވާނުން އަދިރައްހިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުންކުރައްވާ،'' ފަލާހް ވިދާޅުވެފަވެއެވެ.

އިތުރަށް ފަލާހް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒަކީ ޒުވާނުންނާއި ރައްޔިތުންގެ މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ވެރިއެއްކަމުގެ 100 އިންސައްތަ ޔަޤީންކަން އޮތް ވެރިއެއް ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީއާ މެދު ފާޑުކިޔައްވަމުން ފަލާހް ވިދާޅުވެފައިވަނީ، އެމްޑީޕީއަކީ ލެޕްޓޮޕަކާއި ފަޅުރަށަކުން މުޅި ޤައުމު ހިންގޭނެކަމަށް ބުނެ ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށެވެ.

''މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި އެވަނީ2008ގައި މިދެންނެވި ރައީސް މަޢުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން! ސަބަބަކީ އެމްޑީޕީއާއި ޔާމީނަށް އެބަފެނޭ ރައީސް މުޢިއްޒު މިޤަޢުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްޤީ އާއި ތަހްޒީބުގެނެސްދީ މިޤަޢުމުގެ ރައްޔިތުން ކުރިއައްއޮތް ދުވަސްތަކުގައި. ވަރައް އުފާފާޤަތިކަންމަތީ ދިރިއުޅޭތަން މިބައިމީހުންނައް އެބަފެނޭ. ވީމާމީ އެމްޑީޕީއަށް ބަލަންފަސޭހަކަމަކަށްނުވާތި މިސަކަރާތްގަނޑު މިހިންގަނީ!'' ފަލާހް އިތުރަށް ވިދާޅުވެފަވެއެވެ.

ފަލާހް އިތުރަށް ވިދާޅުވެފައިވަނީ، މިދިޔަވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އިނގުނުހިސާބުން ރައްހިތުންނަށް މުޒާހަރާއަށްގޮވާ ތެޅިފޮޅެމުން އަންނަކަމަށެވެ.

ފަލާހްގެ މި ޕޯސްޓްގައި ވަނީ، ޤައުމުގެ މުސްތަޤުބަލް ކަމުގައިވާ ކިޔަވައިގެން ތިބި ވިސްނުންތެރި ޒުވާން ޖީލު، ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންގެ މަޅީގައި ނުޖެހޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށްޚަބަރު | 5 ގަޑިއިރު ކުރިންފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންޓްރޭޑްމާކް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންބަޖެޓް ބަހުސް ފަށައިފި ޚަބަރު | 4 ދުވަސް ކުރިން