logo
Bank of Maldives

Bank of Maldives

ޚަބަރު

ނެރެންޖެހުނީ ޤަވާއިދުތަކާ ޚިލާފަށް ގަދަ ކަމުން ވަދެގަނެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހުރަސް އެޅި ބައެއް: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ސެޕްޓެމްބަރު 2025 - 17:12
ނެރެންޖެހުނީ ޤަވާއިދާއި ޚިލާފަށް ގަދަ ކަމުން ވަދެގަނެ ބައްދަލުވަށް ހުރަސް އެޅި ބައެއް: މަމްދޫހް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސިއްރު ބައްދަލުވުމަށް ގަދަކަމުން ވަދެ، ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހުރަސްއެޅި ނޫސްވެރިން ނެރެންޖެހުނު ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ މަސައްކަތް ކުރިއަށްދިޔަ ބުދަ ދުވަހުގެ ސިއްރު ބައްދަލުވުމަށް ތިން ނޫސްވެރިއަކު ވަދެގަތް ކަމަށް މަޖިލީހުން ބުނެފައިވެއެވެ. މި ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ބޭއްވުނު ސިއްރު ބައްދަލުވުމެއް ކަމަށާއި، މިފަދަ ބައްދަލުވުންތަކުގައި ކޮމިޓީގެ މެންބަރުންނާއި ސެކްރެޓޭރިއެޓް ފިޔަވައި އިތުރު ފަރާތްތަކަށް ބައިވެރިނުވެވޭނެ ކަމަށް މަޖިލީހުން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހެދިފައިހުރި ޤަވާއިދުތަކާ ޚިލާފަށް، ގަދަ ކަމުން، ވަދެގަނެ، އަޑު ގަދަކޮށް، ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހުރަސް އެޅި ބަޔަކު ނެރެން ޖެހުނީ،" މަމްދޫޙް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން މަމްދޫޙް ވިދާޅުވީ ނޫސްވެރިކަމުގެ ނިވާފަތްގަނޑުގައި ތިބެ، މަދު ބަޔަކު ހިންގާ މިފަދަ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން، ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރާ ގިނަ ފަރާތްތަކަށާއި މުޅި ނޫސްވެރިކަމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ތިން ނޫސްވެރިން ކޮމިޓީ ކުރާ ކޮޓަރިއަށް ވަދެފައިވަނީ އެއީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީން އެންގުމަށްފަހުގައެވެ. އަދި އެ ނޫސްވެރިން ނެރެންޖެހުނީ ގަވާއިދާ ޚިލާފަށް ވަދެ، އަޑުގަދަކޮށް، ކޮމިޓީގެ މަސައްކަތަށް ހުރަސްއެޅުމުން ކަމަށް މަޖިލީހުން ބުނެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހްޚަބަރު | 3 ގަޑިއިރު ކުރިންއެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑްޚަބަރު | 4 ގަޑިއިރު ކުރިންރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ: އައިބީޚަބަރު | 21 ގަޑިއިރު ކުރިންއަޅުގަނޑު ރިޔާސަތުގައި އިންނަހާ ހިނދަކު މަޖިލިސް ޖަނަވާރު ކޮށްޓަކަށް ނުހެދޭނެ: ސަލީމްޚަބަރު | ދުވަހެއް ކުރިން