logo
ޚަބަރު

ނޫސްވެރިން ބޭރުކުރީ، ސިއްރު ބައްދަލުވުމަކަށް ގަދަކަމުން ވަދެގަތުމުން: މަޖިލިސް

ޢައްފާން މުޙައްމަދު
10 ސެޕްޓެމްބަރު 2025 - 15:41
ނޫސްވެރިން ބޭރުކުރީ، ސިއްރު ބައްދަލުވުމަކަށް ގަދަކަމުން ވަދެގަތުމުން: މަޖިލިސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން މަޖިލީޙުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ 32 ވަނަ ބައްދަލުވުމުން ނޫސްވެރިން ބޭރުކުރީ، ގަދަކަމުން ވަދެގަތުމުންކަމަށް މަޖިލީހުން ބުނެފިއެވެ.

މި ބައްދަލުވުމަށް 3 ނޫސްވެރިއަކު ވަނީ ގަދަކަމުން ވަދެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުން ބާއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް އެ ބައްދަލުވުމުގައި ނުތިބެވޭނެއެވެ. އެ ކޮމިޓީގައި މައިގަނޑު މަސައްކަތަށް އޮތީ މީޑީއާތައް ކޮންޓްރޯލް ކުރެވޭ ބިލު ދިރާސާކުރުމެވެ.

މި ބައްދަލުވުމަށް ތިން ނޫސްވެރިއަކު ވަދެފައި ވަނީ، މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ، ގަދަކަމުން ކަމަށާއި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ، އަޑުގަދަކޮށް، ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުން ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އަންގާރަ ދުވަހު ވެސް ހަމަ މިފަދައިން ނޫސްވެރިންތަކެއް އެ ބައްދަލުވުމަށް ވަދެފައިވެއެވެ. އެ ބައްދަލުވުމުން ނޫސްވެރިން ނުކުތް ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިން ނުނިކުތުމުން، މަޖިލީހުގެ ސެކިއުރިޓީން ވަނީ އެ ނޫސްވެރިން ނެރެފައެވެ.


ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ ސިއްރުކުރުމުން އާންމު އުސޫލުން ނުކުންނަން ޖެހޭނެއެވެ. އެ ފަދައިން އަމަލުނުކުރާނަމަ ކޮމިޓީ މެދުކަނޑައިވެސްލައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެރެންޖެހުނީ ޤަވާއިދާއި ޚިލާފަށް ގަދަ ކަމުން ވަދެގަނެ ބައްދަލުވަށް ހުރަސް އެޅި ބައެއް: މަމްދޫހް ޚަބަރު | 15 ގަޑިއިރު ކުރިންނޫސްވެރިން ބޭރުކުރީ، ސިއްރު ބައްދަލުވުމަކަށް ގަދަކަމުން ވަދެގަތުމުން: މަޖިލިސްޚަބަރު | 17 ގަޑިއިރު ކުރިން މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފިޚަބަރު | 2 ދުވަސް ކުރިންފެންނަ ނުފެންނަ ވޯޓުގެ ބިލު ފާސްކޮށްފި ޚަބަރު | 2 ދުވަސް ކުރިން