logo
ޚަބަރު

ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގް

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 04:15
ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގް

ސިވިލް ސަރވިސް ކޮމިޝަން- ސީއެސްސީގެ ރައީސާއި ނައިބު ރައީސް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް- އެޗްއާރުސީއެމްގެ ނައިބު ރައީސް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަމަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާކަން މިއަދު ދައުރުން ބޭރުން ބޭއްވި ޖައްސާގައި ވަނީ ހާމަކުރައްވާފައެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation


ސިވިލް ސަރވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ.


އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ވުމާއެކު އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބުރައީސްގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންތައް ދިރާސާ ކުރުމަށްޓަކައިމިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، އަދި އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންފުޅު ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިއަދުވަނީ ފޮނުވާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ހޯދުމުގެ ބިލަށް އެމްޑީޕީން ވޯޓު ނުދީފިނަމަ އެ ބުނަނީ ރައްޔިތުން ކައިރީ އަހާކަށް ނުޖެހޭނޭ: ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް، އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގްޚަބަރު | 4 ގަޑިއިރު ކުރިންރައްޔިތުންގެ ހިޔާލު ހޯދާ ބިލުގެ މަސައްކަތް މާދަމާގެ އެޖެންޑާއަށްޚަބަރު | 21 ގަޑިއިރު ކުރިން