logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

ޑިންގީއެއް ބަންޑުންޖަހާލައި 17 ބިދޭސީން ކަނޑުވި ހާދިސާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޯގަސްޓު 2025 - 20:01
ކަނޑުވި ބަޔަކު ފުލުހުން ސަލާމަތް ކުރަނީ، ފޮޓޯ: ޕޮލިސް
ކަނޑުވި ބަޔަކު ފުލުހުން ސަލާމަތް ކުރަނީ، ފޮޓޯ: ޕޮލިސް

ކ. ޒަމާނީ ރިސޯޓް ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، އެ ޑިންގީގައި ދަތުރުކުރި 17 ބިދޭސީން މިރޭ ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ޑިންގީ ބަންޑުން ޖެހުމާ ގުޅިގެން އޭގައި ތިބި 3 މީހަކު ފަތައިގެން ޒަމާނީ އައިލެންޑަށް އަރާފައިވެއެވެ. އަދި ބާކީ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅުގެ ރިސޯޓުތަކުގެ ލޯންޗުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ރިސޯޓުތަކުގެ އެހީތެރިކަން ވެސް ވަނީ ލިބިފައެވެ.

ފުލުހުންނާއި ރިސޯޓުތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި، ޑިންގީގައި ދަތުރުކުރި އެންމެހާ ފަސިންޖަރުން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރެވުނު އެންމެންނަކީ ވެސް ބިދޭސީންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | ދުވަހެއް ކުރިންމިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައްޚަބަރު | 2 ދުވަސް ކުރިންކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން