logo
Bank of Maldives

Bank of Maldives

ޚަބަރު

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފި

ޝަހްޒާ މުހައްމަދު
7 އޯގަސްޓު 2025 - 04:23
މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހު މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. ފުލުހުން ބުނީ މޫސާ އިބްރާހީމްގެ މަރުގެ ތަހުޤީގަށް ބޭނުންވާ އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު މިހާރު އިންޑިއާއަަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ނިޔާވި މޫސާ އިބްރާހީމަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި މޫދުން ނަގާފައެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުޤީގުކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | 21 ދުވަސް ކުރިންމާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީޚަބަރު | މަހެއް ކުރިންމޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެޚަބަރު | މަހެއް ކުރިން