logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލެޓް ފޯމް އަލުން ހުށަހެޅުމަށް ބުނެ ދައުރުވަމުންދަނީ ސްކޭމް މެސެޖްތަކެއް: ފުލުހުން

އައިމިނަތު މޫސާ
7 އޯގަސްޓު 2025 - 06:23
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު

ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމް ލުމުގެ ފުރުސަތު އެޗްޑީސީން ހުރިހާ ރައްޔިތުންނަށް ހުލުވާލައިފި ކަމަށް ބުނެ ދައުރުވަމުން ދަނީ ސައްހަ މެސެޖެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ސެކޭމް އެލާޓުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯމް ލެވޭގޮތަށް ހުޅުވާލައިފަކަމަށާއި، ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ދައުރުވަމުންދާ މެސަޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިޔާ ސްކީމްގެ 4000 ފުލެޓް، އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެފްޑީސީން އެވެ. ފުލެޓްްތަކުގެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރަމުންދަނީ އެކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފުރަން ޖެހޭ އިތުރު ފޯމެއްގެ ލިންކް ފޯނަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމަށް ފުކެޓް އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅުވާގެން އަންނީ ސްކޭމް މެސެޖުތައް ފޮނުވަމުންނެވެ. މިފަދަ މެސެޖުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދައިފިޚަބަރު | 13 ގަޑިއިރު ކުރިންޑްރަގް މައްސަލާގައި ނ.އަތޮޅު ރިސޯޓަކުންނާއި މާފަރުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީޚަބަރު | ދުވަހެއް ކުރިން