logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާގެ ޑިފެންޑަރ އިނީގޯ މާޓީނޭޒް ރޮނާލްޑޯގެ އަލް ނަޞްރަށް

އަބްދުﷲ ޣާނިމް
7 އޯގަސްޓު 2025 - 17:21
ބާސެލޯނާގެ ޑިފެންޑަރ އިނީގޯ މާޓީނޭޒް ރޮނާލްޑޯގެ އަލް ނަޞްރަށް

ބާސެލޯނާގެ ޑިފެންޑަރ އިނީގޯ މާޓީނޭޒް ސައުދީ އަރަބިއްޔާގެ އަލް ނަޞްރާ ގުޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމާއި ގާތުގައިވާކަމަށް ޓްރާންސްފަރ ހަބަރުތައް ރިޕޯޓްކުރާ ފަބްރީޒިއޯ އަދި އޮންސްޓެއިން އަދި ޖެރާޑް ރޮމޭރޯ ހާމަކޮށްފިއެވެ.

މި މައުލޫމާތު ހާމަކުރަމުން ރޮމޭރޯ ބުނެފައިވަނީ މި ޓްރާންސްފަރ އާ ގުޅޭ މަޝްވަރާތައް ފެށިތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މި ޓްރާންސްފަރގެ ސަބަބުން ބާސެލޯނާއަށް ބޮޑު އަދަދެއްގެ މުސާރައިގެ ޖާގަ ލިބިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާޓީނޭޒް އަކީ މިދިޔަ ސީޒަނުގައި ބާސެލޯނާގެ ޑިފެންސް ލައިންގައި އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާ ކްލަބުން ވަކިވުމަކީ ހާންސީ ފްލިކްގެ ޓީމަށް ބޮޑު ހުސްކަމެކެވެ.

ލަލީގާ ފެށެން ހަފްތާއަކަށްވެފައިވާއިރު، ބާސެލޯނާއިން މިސީޒަނުގައި ގެނައި އެއްވެސް ކުޅުންތެރިއެއް ރެޖިސްޓްރީ ކުރެވޭގޮތެއް އަދި ނުވެއެވެ. މިކަމާއި ގުޅިގެން ބާސެލޯނާއަށް އަވަސް ނިންމުންތަކެއް ނިންމަންޖެހިފައިވާ މިދަނޑިވަޅުގައި، އިނީގޯ އަލް ނަޞްރަށް ބަދަލުވުމާއެކު ބާސެލޯނާގެ މުސާރައިގެ ލިމިޓުން 12 މިލިޔަން ޔޫރޯ ސަލާމަތްވާނެއެވެ. އަދި މިއާއެކު ބާސެލޯނާއަށް މިކުޅުންތެރިން ރެޖިސްޓްރީ ކުރުމަށް މަގުފަހުވެގެންދާނެއެވެ.

މިހާރު އުމުރުން 34 އަހަރުގެ މަތީގައި އުޅޭ މާޓީނޭޒްއަށްއަލް ނަޞްރަށް ބަދަލުވަނީ ހލޭ ޓްރާންސްފާއެއްގެ ދަށުންކަމަށް ރިޕޯޓްތައް ލިބެއެވެ. އެހެންކަމުން ބާސެލޯނާއާއި މާޓީނޭޒް އާއި ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ނިންމާފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ. އަލް ނަޞްރުގައި މާޓީނޭޒް އަށް ބޮޑު މުސާރައެއް ލިބޭނެކަމަށް ޚަބަރުލިބެއެވެ.

މާޓީނޭޒްގެ ޓްރާންސްފާ އާއި ގުޅިގެން ބާސެލޯނާއިން އިތުރު ޑިފެންޑަރަކު ގެންނަން ޖެހޭނެ ކަމަށް ވެސް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | 13 ގަޑިއިރު ކުރިންމެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީކުޅިވަރު | 2 ދުވަސް ކުރިންޑިފެންޑަރ ފޯވާޑަކަށްލައިގެން ބާސާ މެޗު ކާމިޔާބުކުރިއިރު، ކޯޗަށް އެލް ކްލެސިކޯ ގެއްލިއްޖެކުޅިވަރު | 3 ދުވަސް ކުރިންބާސާގެ މެޗު މަޔާމީގައި ކުޅެން ނިންމުމާއެކު ލަލީގާގެ ކުޅުންތެރިން މެޗު ހުއްޓާލައި އިހުތިޖާޖުކުރަން ފަށައިފިކުޅިވަރު | 4 ދުވަސް ކުރިން