logo
ކުޅިވަރު

އޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެ ތައިލެންޑާ އެއް ގްރޫޕް އަކަށް

އަބްދުﷲ ޣާނިމް
8 އޯގަސްޓު 2025 - 05:50
ފޮޓޯ: އެފްއޭއެމް
ފޮޓޯ: އެފްއޭއެމް

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ގުރޫޕް އެފްގައި ހިމެނިއްޖެއެވެ. މެލޭޝިއާގައި ހުންނަ އޭއެފްސީ ހައުސްގައި އިއްޔެ ބޭއްވުނު ގުރުއަތުލުމުގައި ރާއްޖެ ހިމެނުނު ގުރޫޕުގައި ތުރުކުމެނިސްތާން، މޮންގޯލިއާ، ކުވެއިތު އަދި ތައިލެންޑް ހިމެނެއެވެ.

ރާއްޖޭގެ ކޮލިފައިން މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ތައިލޭންޑްގެ ޗޮންބުރީގައި ނޮވެމްބަރު 22 އިން 30 އަށެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވާދަކުރާނީ މޮންގޯލިއާއާ ދެކޮޅަށް ނޮވެމްބަރު 22 ގައެވެ. އޭގެ ފަހުން ނޮވެމްބަރު 26 ގައި ތައިލޭންޑާ ދެކޮޅަށް ކުޅޭއިރު، އެންމެ ފަހު މެޗު ކުޅޭނީ ނޮވެމްބަރު 28 ގައި ކުވެއިތާ ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު[ސެޕްޓެމްބަރު 15 އިން 27 އަށް ސްރީލަންކާގެ ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި ބާއްވާ ސާފް މުބާރާތުގައި ބައިވެރިވާނެއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބޫޓާން ހިމެނޭ ގުރޫޕް ބީގައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 38 ޓީމު ވަނީ ހަތް ގުރޫޕަކަށް ބަހާލާފައެވެ. މި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު އިންޑިއާ ހިމެނެނީ ގުރޫޕް ޑީގައެވެ. އަދި ނޭޕާލް ގުރޫޕް ޖީގައި އޮތްއިރު، ބަނގްލަދޭޝް އޮތީ ސްރީލަންކާއާއެކު ގުރޫޕް އޭގައެވެ. ބޫޓާން ހިމެނެނީ ގުރޫޕް އީގައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މީގެ ކުރިން ދެ އަހަރުން އެއް އަހަރު ބާއްވަމުން އައި 17 އަހަރުން ދަށުގެ އޭޝިއަން ކަޕް، 2026 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ގޮތަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށައިފިކުޅިވަރު | 9 ދުވަސް ކުރިންއޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެ ތައިލެންޑާ އެއް ގްރޫޕް އަކަށްކުޅިވަރު | މަހެއް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ވިއެޓްނާމުން 7 ގޯލު ޖަހައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ވިއެޓްނާމް އާއި ދެކޮޅަށް ނިކުންނަނީކުޅިވަރު | 2 މަސް ކުރިން