logo
Bank of Maldives

Bank of Maldives

ކުޅިވަރު

އައު ތިން ކުޅުންތެރިންނާއެކު ޤައުމީ ސްކޮޑްގެ އިޢުލާނުކޮށްފި

އަބްދުﷲ ޣާނިމް
10 ނޮވެމްބަރު 2025 - 05:19
އޭސިއަން ކަޕް ކޮލިފިކޭޝަންގެ ރާއްޖޭގެ ސޮކޮޑް. ފޮޓޯ: އެފްއޭއެމް
އޭސިއަން ކަޕް ކޮލިފިކޭޝަންގެ ރާއްޖޭގެ ސޮކޮޑް. ފޮޓޯ: އެފްއޭއެމް

މިމަހުގެ 18 ވަނަ ދުވަހު ކޫލެން ހަމަޖެހިފައިވާ އޭއެފްސީ އޭސިއަން ކޮލިފިކޭޝަން މެޗަށް ރާއްޖޭގެ ފުޓްބޯޅަ ޤައުމީ ޓީމުގެ ސްކޮޑް އިޢުލާނުކުރިއިރު ތިން ކުޅުންތެރިޔަކަށް މުޅިން އަލަށް ފުޓްބޯޅަޓީމުން ޖާގަދީފިއެވެ.

މުޅިން އަލަށް ޤައުމީ ޓީމުން ފުރުސަތު ދީފައިވާ ތިން ކުޅުންތެރިންނަކީ ވެލެންސިއާގެ ކެޕްޓަންކަން ކުރަމުން އަންނަ ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީއާއި، ބުރު ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ޠާއިފް ޤާސިމްގެ އިތުރުން ކުލަބު އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުހައްމަދު އަޝްވާންއެވެ. މި ތިން ކުޅުންތެރިންނަކީވެސް ދިވެހި ޕްރީމިއަރ ލީގުގައި ފާހަގަކޮށްލެވޭ މޮޅުކުޅުމެއް ދައްކަމުން އަންނަ ކުލުންތެރިންތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކޮޑަކީ މިމަހުގެ 18 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ޓީމެވެ. މި ކޮލިފައިންގެ ޕޮއިންޓު ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ގްރޫޕުގެ ފުލުގައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކު ފިލިޕީންސްއެވެ. އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އަނެއް މެޗުން އެއްވަރުވެފައެވެ. ދެވަނައިގައި އޮތް ތަޖިކިސްތާނަށްވެސް 10 ޕޮއިންޓު ލިބިފައިވާއިރު، ފިލިޕީންސް ކުރި ހޯދާފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ ތިންވަނަ ޓިމޯ ލެސްޓޭއަށް ލިބިފައިވަނީ އެންމެ 3 ޕޮއިންޓެވެ. އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. ޤައުމީ ޓީމަށް މި މެޗަކީ ގްރޫޕުގެ ތާވަލުގައި ކުރިއަށް ދިއުމަށް މުހިންމު މެޗަކަށް ވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާން އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެކުޅިވަރު | 4 ގަޑިއިރު ކުރިން އޭޝިއަން ކަޕް ކޮލިފައިންގެ ފަހުމެޗުގައި ފަހުވަގުތުގައި ރާއްޖެއަށް މޮޅެއްކުޅިވަރު | 2 މަސް ކުރިން ރާއްޖެއާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްޠީނުން ކާމިޔާބުކޮށްފިކުޅިވަރު | 7 މަސް ކުރިންމުބާރާތުގެ ތަށި ނެގުމަށްފަހު އައިހަމް އެދުނީ މާފަށްކުޅިވަރު | 7 މަސް ކުރިން