logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕާކިސްތާން އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

އަބްދުﷲ ޣާނިމް
4 ޖޫން 2026 - 14:29
ޕާކިސްތާން އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް މިއަދު ގެއްލިއްޖެއެވެ. ރާއްޖެއަށް ފައިނަލުގެ ޖާގަ ގެއްލުނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޕާކިސްތާނުން އެޓޭކިން ގޭމެއް ކުޅުނުއިރު، ރާއްޖެއިން މަސައްކަތް ކުރީ ކައުންޓަރ އެޓޭކުތަކުގައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އަހްޒަމް ރަޝީދު ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެއްގެ ބޭނުން ފޯވާޑް އިލާނަށް ހިފޭގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ރާއްޖެއިން ފެށީ އަލީ ފާސިރު (ދަގަނޑޭ) އާއި ނައްސާޙް ކުޅެން އަރުވައިގެންނެވެ. މިއާއެކު ރާއްޖޭގެ ކުޅުން ވަރުގަދަވެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ފައިދާ ނަގައި ޕާކިސްތާނުން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމަރު ނަވާޒެވެ.

ޕާކިސްތާނުން މެޗުގެ ނަތީޖާ ފުޅާކުރީ 83 ވަނަ މިނެޓުގައި ސަމަދު ޝަހުޒާދު ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހާރޫން ރާޝިދު ވަނީ ޕާކިސްތާނުގެ ތިންވަނަ ލަނޑު ޖަހައި ރާއްޖޭގެ އުންމީދުތައް މުޅިން ފުނޑުފުނޑުކޮށްލާފައެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްޠާން އަތުން 0-1 އިން ބަލިވެފައިވާއިރު، މިހާތަނަށް ރާއްޖެއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މުބާރާތުގެ ގަވާއިދު އޮތްގޮތުން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. މިހާރު އޮތް ގޮތުން ބާކީ އޮތް މެޗުން މޮޅުވިޔަސް ރާއްޖެއަށް ތާވަލުގެ ކުރީގެ ދެ މަގާމުން ޖާގައެއް ލިބޭނެ އެއްވެސް ފުރުސަތެއް ނެތެވެ.

މުބާރާތުގައި ރާއްޖެއަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. ޕާކިސްތާނަށް މިހާރު ހަތަރު ޕޮއިންޓު ލިބިފައިވާއިރު، މިރޭ އަފްޣާނިސްޠާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ނުލިބޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާން އަތުން ބަލިވެ، ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެކުޅިވަރު | ގަޑިއިރެއް ކުރިން އޭޝިއަން ކަޕް ކޮލިފައިންގެ ފަހުމެޗުގައި ފަހުވަގުތުގައި ރާއްޖެއަށް މޮޅެއްކުޅިވަރު | 2 މަސް ކުރިން ރާއްޖެއާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްޠީނުން ކާމިޔާބުކޮށްފިކުޅިވަރު | 7 މަސް ކުރިންމުބާރާތުގެ ތަށި ނެގުމަށްފަހު އައިހަމް އެދުނީ މާފަށްކުޅިވަރު | 7 މަސް ކުރިން