ރާއްޖެ ތަޖިކިސްތާނު އަތުން ބަލިވެއްޖެ
14 އޮކްޓޯބަރު 2025 - 15:12

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ދިވެހިރާއްޖޭގެ ޤައުމީ ޓީމު ތަޖިކިސްތާނުއަތުން 3-0 އިން ބަލިވެއްޖެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ތަޖިކިސްތާނުން ޖެހީ މެޗުފެށިގެން ހަތަރުވަނަ މިނެޓުގައެވެ. މިއީ މެޗު ފެށިގެން ތިންވަނަ މިނެޓުގައި ދިވެހި ޓީމުގެ ޑިފެންޑަރު މުހައްމަދު އިރުފާންގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއް ކީޕަރު މަތަކުރަން ކުރި މަސައްކަތުގެ ތެރޭގައި އިނދިކޮޅޫޓީމުގެ ސަފަރޮވް އަށް ލިބުނު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ލަނޑު ތަޖިކިސްތާނަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޝެރްވޮނީ އެވެ. އޭރިއާ ތެރެއިން ދިވެހި ޓީމުގެ ދެ ޑިފެންޑަރުން ހުރަސްއެޅި ނަމަވެސް، ދެވަނަ ފުރުސަތުގައި ޝެރްވޮނީ ވަނީ ބޯޅަ ގޯލަށް ވައްދާލާފައެވެ.
މެޗުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކުރީ ޝެރްވޮނީއެވެ. މިއީ ދިވެހި ޓީމުގެ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި، އިރުފާން ކައިރިން ނައްޓާލުމަށްފަހު ކީޕަރުގެ ދުރުކަނަށް ވައްދާލި ލަނޑެކެވެ.
މެޗުން މޮޅުވެ، ތަޖިކިސްތާނުން ވެސް ވަނީ 10 ޕޮއިންޓް ހޯދާފަ އެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ފިލިޕީންސާއި ޓިމޯ ލެސްޓޭ އެވެ. ފިލިޕީންސުން ޓިމޯލެސްޓޭ ބަލިކޮށް 3-1 ބަލިކޮށް 10 ޕޮއިންޓް ވަނީ ހޯދާފަ އެވެ. ފިލިޕީންސް އެއްވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ހަތަރު ޓީމުގެ ތެރެއިން ޕޮއިންޓެއް ވެސް ނުލިބެނީ ރާއްޖެ އަށް އެކަންޏެވެ.
ރާއްޖެ އަށް ދެން މެޗެއް އޮންނާނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ. މާލޭގައި ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.


