logo
Bank of Maldives

Bank of Maldives

ޚަބަރު

އައްބާސް ފަތުރަނީ ބޮޑު ދޮގެއް، ޕީއެންސީ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޯގަސްޓު 2025 - 07:09
އައްބާސް ފަތުރަނީ ބޮޑު ދޮގެއް، ޕީއެންސީ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެ

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕާއި ގުޅުވައިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފަތުރަނީ ބޮޑު ދޮގެއްކަން ހާމަވެއްޖެއެވެ.

އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެންބަރަކު، މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ސަރުކާރާ ދެކޮޅަށް ނުކުންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ބުދަ ދުވަހު އޮތް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހީމް ފަލާހް

މިކަން ދޮގުކޮށްޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރ ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވީ، ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށްހީކޮށް މިފަދަބުހްތާންދޮގުވާހަކަފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް ކަމަށެވެ. އަދި މެމްބަރު އައްބާހަށްވަނީ މިފަދަފިތުނަ ފަތުރައިދޭމަތިން ޔާމީނު ދާދިފަހުން އެގެއަށްގެނަގޮސް 3 މިލިއަން ރުފިޔާދީފައިވާ ކަމަށްމިދެކެވޭ ވާހަކަތަކަށް މި މެސެޖުންބާރުއެބަލިބޭކަމަށް ވަނީ ވިދާޅުވެފައެވެ.

''ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް ކިތައްމެ ނުބައިޕްލޭންތަކެށް ރާވާމިފަދަ މޮޔައިންލަށްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއްނުވާނެ، ޤާނޫނު އަސާސީގެ 73 މާއްދާގެ ހ.ގައިބުނާ ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށްބުނާ އެއްމެމުހިއްމު ޝަރުތު، ވެލިދޫދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާހިސާބައްގޮސްފި،'' ފަލާހް ވިދާޅުވިއެވެ.

މިފަދަ ފިތުނަވެރި ނުބައިވާހަކަތަށްފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭކަ މެއްކަމުގައި ދެކުމަކީ ވަރައްބޮޑު ކުށްހީއެއް ކަމަށާއި، މިކަމުން އަނަގައިދެނީ ތިމާއަކީ އެއްވެސް އަޚްލާގެއްނެއިތް ބުއްދިގޯސް މޮޔައެއްކަން ކަމަށް ވެސް ފަލާހް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް ޢަބުދުﷲ

މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް ޢަބުދުﷲ ވިދާޅުވެފައި ވަނީ މި ބައްދަލުވުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގަތް ކަމަށާއި، ނަމަވެސް މިއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެކަމަށް ވެސް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ޕީއެންސީގެ ޕީޖީ ގްރޫޕްގެ އެއް ނައިބު ރައީސް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީއެންސީގެ ޕީ.ޖީ ގްރޫޕާ ގުޅުވައި އެހެން ޕާޓީއެއްގެ މެމްބަރެއް ދައްކަނީ ހަޤީޤަތާ ހިލާފު އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ހަޤީޤަތާ ހިލާފު ވަހަކަ ފަތުރައިގެން ޕީއެންސީގެ ޕީ.ޖީ ގްރޫޕް ބަލިކަށިކުރެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށް ވެސް ވިދާޅުވެފަވެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިމްރާން ލަތީފް

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު އިމްރާން ލަތީފް ވިދާޅުވެފައި ވަނީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރު، ރައްޔިތުންގެ މަޖިލީސް ގެ މެންބަރުކަމުގެ ޒިންމާ ނަންގަވައިގެން ހުންނެވި ފަރާތަކުން މިފަދަ ޒިންމާދާރުކަން ކުޑަ ދޮގު ހަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރުކަމެއް ނެތް އަދި ލަދުވެތި ކަމެއް ކަމަށެވެ. އަދި މަޖިލީސް މެންބަރު ކަމަކީ ކޮމެޑީ އަކަށް ނަހައްދެވުމަށް ވެސް އޭނާ ގޮވާލައްވާފަވެއެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު

ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ވިދާޅުވެފައި ވަނީ ޕީ.އެން.ސީ ޕީ.ޖީ ގްރޫޕް އޮތީ ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ޢަޒުމާއެކު މަސައްކަތްކުރުމަށް ކަމަށެވެ. މިފަދަ އެއްބައިވަންތަކަމާއި އެކުވެރިކަން ނަގާލުމަށް، އަސާސެއްނެތް ޚިޔާލީ ވާހަކަތައް ފަތުރައި، ފިތުނަވެރިކަން އުފެއްދުމަކީ އިސްލާމްދީނުގައި މުނާފިޤުންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމަށާއި، މިފަދަ ޢަމަލުތަކުން ދުރުހެލިވެ، ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެއްކަމަށް އޭނާ ވިދާޅުވެފަވެއެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު

މެމްބަރު ރިފާއު ވެސް ވަނީ އައްބާސްގެ ވާހަކަތަކަކީ ބުހުތާން ދޮގުކަމަށް ވިދާޅުވެފައެވެ. އަދި ޕީޖީ ގްރޫޕް އޮތީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ދިވެހިންގެ ރާއްޖެ އަށް ގެނެސްދިނުމަށް އަތުކުރިއޮޅާލައިގެންކަމަށް ވަނީ ވިދާޅުވެފަވެއެވެ.

ޕީއެންސީގެ އިތުރު މަޖިލީހުގެ މެމްބަރުން ވެސް ވަނީ އައްބާސްގެ ވާހަކަތައް ދޮގުކޮށް ސޯޝަލްމީޑިއާގައި ވާހަކަދައްކަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމު ހަމައަކަށް އަޅުވަން،އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ: މެމްބަރ ފަލާހްޚަބަރު | 9 ދުވަސް ކުރިންސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހްޚަބަރު | 16 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 18 ދުވަސް ކުރިންއެމްޑީޕީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ: ޕީއެންސީޚަބަރު | 18 ދުވަސް ކުރިން