logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމު ހަމައަކަށް އަޅުވަން،އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ: މެމްބަރ ފަލާހް

އައިޝަތު ނަޝާ
13 އޮކްޓޯބަރު 2025 - 10:24
ޤައުމު ހަމައަކަށް އަޅުވަން،އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ: މެމްބަރ ފަލާހް

ދިވެހިރާއްޖެ ހަމައަކަށް އަޅުވަން އަދި ރައްޔިތުންނައް ނަމޫނާ ބަޔަކަށް ވުމަށް އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް، މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ  މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ބުދަ ދުވަހުފާސްކުރި  ހެދުން އެޅުމުގެ އުސޫލާ ބެހޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އިތުރައް ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހައް ވަޑައިގަންނަވާ ބޭފުޅުން އަބަދުވެސް މަޖިލީހައް ވަޑައިގަންނަވަނީ އެންމެ ދަށް މިންގަނޑެއްގައި ވެސް ހެދުންއަޅާއިރު ފަޓުލޫނާއި ގަމީސް އަދި ޓައި ތުރުކުރައްވައިގެން ކަމަށާއި،ނަމަވެސް މިހާރު ބައެއް މެމްބަރުން ފެނިގެންދަނީ ވަރައް އާދައިގެ ގޮތަކައް ހެދުން އަޅުއްވައިގެން ތިއްބަވާ މަންޒަރުކަމަށް ފާހަކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޓައި ނަޅާ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެމްޑިޕީގެ މެމްބަރުން ތަކެއް ކަމައް ވެސް މެމްބަރު ފަލާހް ވަނީ ފާހަގަ ކުރައްވާފައެވެ.

އާންމު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ހެދުން އެޅުމާ ގުޅޭ އާންމު އަދަބާ ޙިލާފު ނުވާ ގޮތައް ހުންނަ ރަސްމީ ހެދުން ކަމަށް ކަނޑައަޅާފައިވާއިރު، ޓީޝާޓެއް ތުރުކުރައްވައިގެން ވެސް މެމްބަރުން އައިސްދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްށާއި، އެ ބިލައް އަދިވެސް އިސްލާހު ގެންނަން ޖެހިވަޑައިގަންނަވާ ކަމައް ޤަބޫލުކުރެވޭ ކަމަށް ވެސް މެމްބަރު ފަލާހް ވަނީ ވިދާޅުވެފައެވެ،

"އެނގިވަޑައިގަންނަވާނެ 2008 އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއަކައް،ބައެއް ބޭފުޅުން ވަޑައިގަންނަވަނީ ކޯޓު ތުރުކުރައްވައިގެން،އެހާ ވެސް ރީތިކޮއް ހެދުން އަޅައިގެން ވަޑައިގަންނަވާ ތަނެއް މަޖިލީހަކީ.އެހެން ނަމަވެސް މިހާރަކަށް އައިސް ބައެއް ބެފުޅުން އެބަ ވަދޭ ގަމީސް ތުރުނުކުރައްވާވެސް.އެހެންވީމަ މި ދަރަޖައަށް ދާން ފެށީމާ އާންމު ކޮމެޓީއަށް ހުށަހަޅައިގެން ކަންކަން ރަނގަޅު ކުރަން ޖެހެނީ.އެހެންނަމަވެސް މިވަރުންވެސް އަޅުގަނޑަކަށް ޔަގީން ކަމެއް ނެތް އާންމު ކޮމެޓީގެ މިހުރި ކަންކަމަށް ބަލައިފި ކަމުގައިވަނީނަމަ އަދިވެސް މި ބޭފުޅުން ހެދުން ރަނގަޅަށް އަޅުއްވާނެ ކަމަކަށް.އެހެންވީމާ އެ ބިލައް އަދިވެސް އިސްލާހު ގެންނަން ޖެހޭ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ" _ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް

މީގެ އިތުުން މެމްބަރު ވިދާޅުވީ، އަޙްލާޤީ ގޮތުން ރައްޔިތުންނައް ނަމޫނާ ދައްކަވަން ތިއްބަވާ ބޭފުޅުން،ޓައި ނާޅާ ރައްޔިތުންގެ މަޖިލީހައް ވަންނަ ދަރަޖައައް ދިޔުން އެއީ ހަޤީގަތުގައި އެހާ މޮޅު ކަމެއް ނޫން ކަމަށްށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ރައްޔިތުންނަށް އަބަދުވެސް ފެންނަނީ ވަރައް ގޯސް ސިފަތަކެއްކަމަށާއި،އެ ބޭފުޅުންގެތެރޭގައި އަބަދުވެސް މަޝްހޫރުވަނީ އަދި މަތީ މަޤާމުތަކައް އާދެވެނީ އެ މަގާމުތައް ހައްޤު ނުވާ ފަދަ ބޭފުޅުން ކަމަށް ވެސް މެމްބަރުގެވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުމާ ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމު ހަމައަކަށް އަޅުވަން،އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ: މެމްބަރ ފަލާހްޚަބަރު | 4 ގަޑިއިރު ކުރިންސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހްޚަބަރު | 7 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 9 ދުވަސް ކުރިންއެމްޑީޕީއަށް ވެރިކަންލިބުނުނަމަ މިއަދު ރައްޔިތުންތިބޭނީ ކަނުއަނދިރީގައި ނުކައިނުބޮއެ ބަނޑަށް: ފަލާހްޚަބަރު | 16 ދުވަސް ކުރިން