logo
Bank of Maldives

Bank of Maldives

ޚަބަރު

ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީ ބާއްވަން ޤާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި

ޒިދާން މުޙައްމަދު
4 ޖެނުއަރީ 2026 - 10:10
ފަލާހް، ފޮޓޯ: މަޖިލިސް
ފަލާހް، ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަން ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީ ބާއްވަން ޤާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ފަލާހް ހުށަހެޅުއްވި މި ބިލް ހިމެނޭހެން ތިން ބިލަކަށް، މާދަމާ ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައި ބަހުސް ކުރާނެއެވެ.

މި އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވަން ވާނީ، ދެ އިންތިޚާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުން ކަމަށް އެ ބިލްގައި ވެއެވެ.

މެމްބަރު ފަލާހްގެ ބިލްގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. މި މުއްދަތު ހަމަވުމުން ރައްޔިތުންގެ މަޖިލިސް އުވުނީ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމެވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު އެއް ވަނަ ދުވަސް ކަމަށް ކަނޑައަޅަންވެސް އިސްލާހުގައި ވެއެވެ.

ރައްޔިތުން ބޭނުންވާނަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަން ޤާނޫނުއަސާސީއަށް އިސްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާލުވީ ޕީއެންސީ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުންކަމަށެވެ. މިއީ އެތައް ގުނައެއް ޚަރަދު ކުޑަވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށާއި، އޭގެ ކުރިން ރިޔާސީ އިންތިޚާބުގެ 2 ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެ އިންތިޚާބުގެ ދެމެދު އޮތީ 6 މަސް ދުވަހުގެ ތަފާތެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަނަށް އެންމެ ފައިދާހުރިގޮތަކަށްވާނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުންކަމަށެވެ. މިކަމުގެ ސަބަބުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭކަމަށާއި، އެއީ ނިކަމެތި އެތައް ޢާއިލާއެއްގެ ކަންކަން ނިންމުމަށް ހޭދަކުރެވިދާނެ ފައިސާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީޚަބަރު | 5 ގަޑިއިރު ކުރިން ޙައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފިޚަބަރު | 6 ގަޑިއިރު ކުރިންރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކީ ބާއްވަން ޤާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިންމާދަމާ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީޚަބަރު | ދުވަހެއް ކުރިން