logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީ

މުޙައްމަދު އަފްރާޙް
13 އޭޕްރީލު 2026 - 18:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ޖޫން މަހު ބޭއްވުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ ޖޫން 6 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި މެމްބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 14 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ އޭޕްރިލް 13 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 29 އޭޕްރިލް ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކަމަށާއި މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު އީމެއިލް candidacy@elections.gov.mv މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށް ކަމަަށާއި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

އިލެކްޝްންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫންގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

ރައްްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުޙައްމަދު ސިނާން އާއި އެހެން ބަޔަކާއި ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި، 2.5 މިލިއަން ރުފިޔާ ހަމަހަަށް ބަހާލައިގެން ދެއްކުމަށް ހުކުމް ކުރުމާގުޅިގެންނެވެ. މި މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 2 ގަޑިއިރު ކުރިންއައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ތުރުކީ އަށްޚަބަރު | 3 ގަޑިއިރު ކުރިންއިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓަނީ 14 ވޯޓު ފޮށިޚަބަރު | 16 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަރސް ލިސްޓު އާންމުކޮށްފިޚަބަރު | 2 ދުވަސް ކުރިން