logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!

އައިޝަތު އިނާޝާ
13 މޭ 2026 - 05:16
ރައްޔިތުންގެ މަޖިލީހުގެ ތަޅުން -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ތަޅުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ކޯރަމް ހަމަނުވުމުން ނުބާއްވާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް މަސައްކަތްކުރައްވާ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ކޯރަމް ހަމަނުވާތީ ޖަލްސާ ފަށާ ވަގުތު 10 ޖަހާއިރަށް ފަސް ކުރައްވާފައެވެ. ނަމަވެސް 10 ޖެހިއިރު ވެސް ކޯރަމް ހަމަވެފައި ނުވާތީ ނާޒިމް ވަނީ މިއަދުގެ ޖަލްސާ ކެންސަލް ކުރައްވާފައެވެ. އެހެންނަމަވެސް މަޖިލީހުގެ ޖަލްސާއެއް މާދަމާ 14 މެއި 2026 ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ނާޒިމް ވަނީ އިއުލާނުކުރައްވާފައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މާދަމާ، މިހިނގާ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 މެންބަރުންނެވެ. މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަދަދު ހަމަވުމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 14 ގަޑިއިރު ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 15 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 16 ގަޑިއިރު ކުރިން