logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

އައިޝަތު ނަޝާ
13 މޭ 2026 - 05:07
ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރަމުންދާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި މައިގަނޑު މަޤްޞަދަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުންނެވެ. އެގޮތުން އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޢާންމު ޚިދުމަތްތަކުގެ

މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 13 މޭ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެ ޚިޔާލު ހުށަހެޅުމަށް މަޖިލީހުގެ އިޢުލާނުގައި އެދިފައިވެއެވެ. ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލާމަރުކަޒީ ކޮމިޓީގެ އީމެއިލް އެޑްރެސް decentralization_committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް ވަނީ ދަންނަވާފައެވެ.

އޭގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ހިމެނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި ބިލު ހުށަހެޅި މުހިންމު ސަބަބެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 14 ގަޑިއިރު ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 15 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 16 ގަޑިއިރު ކުރިން