logo
Bank of Maldives

Bank of Maldives

ޚަބަރު

އެޑީއެޗްޑީ ބޭސް ރާއްޖެ އެތެރެކުރަން މަޖިލީހުގެ ކޮމިޓީން ރުހުން ދީފި

އެޑީއެޗްޑީ ބޭސް ރާއްޖެ އެތެރެކުރަން މަޖިލީހުގެ ކޮމިޓީން ރުހުން ދީފި

 

އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ކަމަށްވާ މެތަލްފެނެޑޭޓް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރުހުން ދީފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެތަލްފެނެޑޭޓް އެތެރެކުރުމާ ގުޅޭ ގޮތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވި ލަފަޔާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު، ރާއްޖެ އެތެރެކުރުން މަނާ ބޭހުގެ ތެރޭގައި ހިމެނޭ މި ބޭސް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ. އެއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރެއްވުމަށް ފަހު، ކޮމިޓީގެ އިއްތިފާޤުން ވަނީ މަނާކޮށްފައިވާ ތަކެތީގެ ލިސްޓުން އެ ބޭސް އުނިކުރަން ފެންނަ ކަމަށް ރުހުން ދީފައެވެ.

މެތަލްފެނެޑޭޓަކީ އެޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ބޭނުންކުރާ ބޭހެކެވެ. އެޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެ ކަމުގެ ޢަލާމާތްތައް ކުޑަކުރެވޭ ކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރުކޮށްފިޚަބަރު | 2 ދުވަސް ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | 3 ދުވަސް ކުރިންލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން