logo
Bank of Maldives

Bank of Maldives

ޚަބަރު

ޒާތީ މައުލޫމާތު ރައްކާތެރިކުރުުގެ ބިލެއް މަޖިލީހަށް

އައިޝަތު ނަޝާ
6 މޭ 2026 - 09:46
ޒާތީ މައުލޫމާތު ރައްކާތެރިކުރުުގެ ބިލެއް މަޖިލީހަށް

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލެއް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ވަރަށް މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މި މަޖިލިހުގެ މި ދައުރުގައި އެ ބިލްތައް ހުށަހަޅަން ވަރަށް މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި އެ ބިލްގެ މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މި ބިލަކީ ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ފަރުމާ ކުރެވިފައިވާ ބިލެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. މި ބިލް ތައްޔާރު ކުރުމުގައި ދައުލަތުގެ ވަރަށް ގިނަ އިދާރާތަކެއްގެ އެހީތެރިކަން ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެ ބިލާއެކު މަޖިލިހުގެ މި ހިނގާ ދައުރަށް ޖުމްލަ 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ބިލުތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ.

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް ހުށަހަޅަން ނިންމިކަން ހާމަކުރެއްވިއިރު، މިހާރު އާންމުންގެ މެދުގައި އެންމެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ވެސް އެއީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒާތީ މައުލޫމާތު ރައްކާތެރިކުރުުގެ ބިލެއް މަޖިލީހަށްޚަބަރު | ގަޑިއިރެއް ކުރިންގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިންސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | ދުވަހެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 4 ދުވަސް ކުރިން