logo
Bank of Maldives

Bank of Maldives

ޚަބަރު

ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައްވައިފި

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް

ބައެއް ސިޔާސީ ޕާޓީތަކުން ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް ހަރަކާތް ހިންގަމުންދާ ކަމަށް ވިދާޅުވެ، އެފަދަ ޕާޓީތައް އުވާލައި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް މައްސަލަ ވެއްދުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ގޮވާލައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވަން ގޮވާލައި ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މަނާކޮށްފައިވާ ގިނަ ކަންތައްތަކެއް ޕާޓީތަކުން ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމާއި އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާހަކަ ދެއްކުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޕާޓީތައް، މިއަދުން މިއަދަށް އެބަ ޖެހޭ އުވާލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ވައްދަން،"

މި ގަރާރުގައި ތުހުމަތުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށެވެ. ގަރާރުގައި ހުށަހެޅުއްވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށެވެ.

މި ގަރާރު ހުށަހެޅުއްވި ދަނޑިވަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެކެވެ. ޕީއެންސީގެ ޖަގަހައިގައި ޖަލްސާ ބާއްވާ ވަގުތުތަކުގައި ވެސް ޕީއެންއެފްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވެ އަޑުގަދަ ކުރާ މައްސަލަ ވަނީ ފާހަގަވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީއެންއެފުން ގާނޫނީ އިމުގެ ބޭރުން އެއްވުންތައް ތަކުރާރުކޮށް ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތައް އުވާލަން މެންބަރު މުސްތަފާ ގޮވާލައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | 6 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 3 ދުވަސް ކުރިންމަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | 6 ދުވަސް ކުރިން