logo
ބަތޮލެއް ނޫން، ޖަލުގައިވެސް ވަގެއްކަމުގެ ތުހުމަތުBank of Maldives

Bank of Maldives

ޚަބަރު

ނާޠިމް ވަކިކުރުމުގެ ބަހުސްގައި ޖަވާބުދާރީވާން 10 މިނެޓް

އެމްޕީ ނާޒިމް، ފޮޓޯ: މަޖިލިސް
އެމްޕީ ނާޒިމް، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަކިކުރުމަށް ހުށަހެޅި ޤަރާރުގެ މައްސަލައިގެ ބަހުސްގައި ޖަވާބުދާރީވާން 10 މިނެޓް އޭނާ އަށް ދިނުމަށް ނިންމައިފިއެވެ.

ނާޠިމް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، ދިފާއުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލައަކީ، ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މި ޤަރާރުގެ ބަހުސް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް އާންމު ކޮމިޓީގެ ކަނޑައަޅާފައިވާއިރު، މިކަމަށް ބަހުސްކުރުމަށް ކަނޑައަޅާފައިވާ އެއް ގަޑިއިރުގެ ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޠިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ވަގުތު ދިނުމަށް ނިންމާފައިވަނީ، ބަހުސް ފެށުމުގެ ކުރިންނެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސްކުރެވިގެން ނުވާނެއެވެ. އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާއެއްގައި ބައިވެރިވެ، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު އެ ބޭފުޅަކަށް ލިބިގެންވީ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ، މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުން ކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނާޠިމް ވަކިކުރުމުގެ ބަހުސްގައި ޖަވާބުދާރީވާން 10 މިނެޓްޚަބަރު | ގަޑިއިރެއް ކުރިން ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 14 ދުވަސް ކުރިންނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު އިތުރުކޮށްފިޚަބަރު | 14 ދުވަސް ކުރިންކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނު!ޚަބަރު | 16 ދުވަސް ކުރިން