މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
18 ޖެނުއަރީ 2026 - 04:35

ކ. ވާދޫ ކައިރިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި "ބަލްމާ 6" ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 ޖެނުއަރީ 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 07:27 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ޖުމްލަ ހަތަރު މީހުން ތިއްބެވެ.

Ad by Hajj Corporation
މި ހާދިސާގައި ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން މިހާތަނަށް ފެނިފައެއް ނުވެއެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


