logo
MPL

MPL

ޚަބަރު

ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފި

މަރިޔަމް މާޙީ
25 މޭ 2026 - 17:31
ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފި

މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ އަޑިއަށް ދަނިކޮށް، އެ އުޅަނދުން ދަތުރުކުރި 25 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހަވީރު 17:30 ހާއިރުއެވެ. "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ މި ލޯންޗު ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުމާއެކު، ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޙާދިސާ ހިނގިއިރު ލޯންޗުގައި ތިބި 25 މީހުން ވެސް ވަނީ ރައްކާތެރިކަމާއެކު ފުލުހުންގެ އުޅަނދަށް ނަގައި، މާލެ ގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެއެވެ. ވަކިން ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 9 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 9 ދުވަސް ކުރިން