އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު %97 އަށް އަރާ
17 ޑިސެމްބަރު 2025 - 13:29

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރަން ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ އަދަދު 97 އިންސައްތަ އަށް އަރާފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެމްބަރު ފަލާހު މިފަދައިން ވިދާޅުވީ،ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
ފަލާހު އިތުރަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕާޓީން ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ކަމަށާއި،އެ ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ އިންތިހާބަކަށް ބަލާއިރު ވެސް މިހާ ހިސާބަށް އެއް ޕާޓީއަކުން އެންމެ ގިނަ އަދަދަކަށް ކެނޑިޑޭޓުން ވާދަ ކުރާ ޕާޓީއަކަށް އެޕާޓީ ވެފައިވާ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.
"މީގެކުރިން ބޭއްވުނު ބައެއް އިންތިހާބުތަކުގަ އަޅުގަނޑުމެން ބައިވެރިވި ކެންޑިޑޭޓުން ގެ އިންސައްތައަށް ބަލާލިއިރު ބައެއް ޕާޓީތަކުން އެންމެ މައްޝޗަށް ދެވިފަ މިހުރީ 80% އަދި 90% އަށް ނާރަ.އެހެންނަމަވެސް މިފަހަރު ޕީއެންސީގެ ފަރާތުން މި އިންތިހާބުގަ ވާދަކުރަން ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ އަދަދު 97% އަށް އެބް އަރާ" އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު
މެމްބަރު ފަލާހު އިތުރަށް ވިދާޅުވީ، މީގެ ކުރިން އިއުލާނު ކުރެވޭ އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތުތައް މުއްދަތު ހަމަވެގެން ވަގުތު އިތުރު ކުރެވޭ ކަމަށާއި އެ ޕާޓީން ކުރި އިއުލާނުގެ މުއްދަތު ވެސް އިތުރު ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތެއްގައި އެހާ ގިނަ އަދަދެއްގެ ކެނޑިޑޭޓުން އެޕްލިކޭޝަން ހުށަހެޅުމުން އެނގިގެން ދަނީ އެ ޕާޓީއާއި މެދު ރައްޔިތުން ކުރާ ތާއިދާ ލޯބި ކަމަށް ފަލާހް ވިދާޅުވިއެވެ.
އެއްޕާޓީއަކުން އެންމެ ގިނަ ކެނޑިޑޭޓުން ވާދަ ކޮށްފައިވަނީ ޕީއެންސީން ކަމަށް މެމްބަރު ފަލާހް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ އަދަދު އަދި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.


