logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އިސްކުރައްވަނީ ސިޔާސީ ޝޯޓްޓަރމް އަކަށްވުރެ ގައުމުގެ މަސްލަހަތު: ސައީދު

މުޙައްމަދު އަފްރާޙް
26 މާރިޗު 2026 - 06:25
މިނިސްޓަރ ސައީދު ވެލިދޫގައި ވާހަކަދައްކަވަނީ
މިނިސްޓަރ ސައީދު ވެލިދޫގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރައްވަނީ ސިޔާސީ ޝޯޓްޓަރމް އަކަށްވުރެ ގައުމުގެ މަސްލަހަތު ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންނަމަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނ. ވެލިދޫ އިން ވާދަކުރާ ކެންޑިޑޭޓުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވެލިދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުމަށްފަހު ޕީއެންސީ އާ ގުޅުނު އާދަމް ފާއިޒު އަށް މަރުހަބާދަންނަވާ، ފާއިޒު ފަދަ ފަރާތްތަކުން ޕީއެންސީ އާ ގުޅޭ ސަބަބު ހާމަކޮށްދެއްވާފައެވެ.

އެގޮތުން ސައީދު ވަނީ އެމްޑީޕީގައި އިސްކޮށް އުޅުމަށްފަހު ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ކުރައްވާ މަސައްކަތް ބަލައިގަނެ ތާއީދުކުރަނީ ކީއްވެކަން ވިދާޅުވެދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ ވެލިދޫގައި އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް، މެމްބަރުން އިތުރުކުރުމަށް އެންމެ އިސްކޮށް އުޅުނު އެއްފަރާތަކީ އާދަމް ފާއިޒު ކަމަށާއި އެފަދަ އެތައް މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭނެ ކަމަށެވެ.

ޑިމޮކްރެސީ ގެނައުމަށް އެފަރާތްތަކުން މަސައްކަތްތަކެއް ކުރީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށާއި ރާއްޖެއަށް އިސްލާހީ ކަންކަން ވެގެންދިއުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ މަސައްކަތްޕުޅުތައް ހުރީ ވަރަށްބާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރައްވާ މިންގަނޑެއްގައި ކަމަށެވެ.

އެގޮތުން ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ފަދަ ކަންކަމަކީ ނިމިދިޔަ އެއްވެސް ސަރުކާރަކުން ކުރަން ނުކެރުނު ކަންކަން ކަމުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަދަ ކަންކަމަކީ ބޮޑު ޖީލެއް ހަލާކުވެގެންދާނެކަމެއް ކަމަށާއ އެހެންވެ، ރައީސް ޑރ. މުއިއްޒު އަބަދު ވެސް އިސްކުރައްވަނީ ސިޔާސީ ޝޯޓްޓަރމް އަކަށްވުރެ ގައުމުގެ މަސްލަހަތު ކަމަށް ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމުގައި ރާއްޖޭގައި ކުރިން އޮތް ސުލްހަމަސަލަސްކަން އަލުން އަނބުރާ ގެނައުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުންވަނީ ގަދަފައި ވިއްދާފަ ވޯޓަށް ކުރިއެރުން ލިބޭނެ ކަންކަންކުރުން ކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި އާދަމް ފާއިޒު ވިދާޅުވީ ވެލިދޫ ރައްޔިތުންނަކީ ވަރަށްބޮޑަށް ތަރައްގީއަށް ބޭނުންވެ، ތަރައްގީ އަށް މަސައްކަތްކުރާ އެގޮތަކީ ކޮބައިތޯ ބަލާ، އެގޮތަށް މަސައްކަތްކުރަމުން އަންނަބައެއް ކަމަށެވެ. އަދި އިންތިހާބުތަކުގައި ވެސް ވިސްނުން ހުންނަނީ އެމޭރުމުން ކަމުގައި ފާހަގަކުރެއްވިއެވެ.

ފާއިޒު ވިދާޅުވީ މިހާރު ވެލިދޫގައި ވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެހެންކަމުން ކައިރީގައި މަސައްކަތްކުރަން ފަސޭހަގޮތަކަށް ވޯޓުދެއްވުމަށް ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން: މެމްބަރ އަބްދުއްސައްތާރުޚަބަރު | 17 ދުވަސް ކުރިންއައްޑޫގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދާނީ ވިޔަފާރިވެރިންގެ މަޝްވަރާއާއެކު: ސައީދުޚަބަރު | 17 ދުވަސް ކުރިންކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭ މިންވަރަށް ރައީސް މުޢިއްޒު ފުރުޞަތު ދެއްވާ: ސައީދުޚަބަރު | 19 ދުވަސް ކުރިންނޫސްވެރިކަމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނުނަންގަވާ: މިނިސްޓަރު ސައީދުޚަބަރު | 19 ދުވަސް ކުރިން