ކެރެޓުގެ ސަޕްލައި މައްސަލަ ހައްލުވެއްޖެ، އަގުބޮޑުވި ސަބަބު މިނިސްޓަރު ސައީދު ސާފުކޮށްދެއްވައިފި
22 ނޮވެމްބަރު 2026 - 13:39

ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު ބޮޑުވުމާ ގުޅިގެން މީޑިއާއަކުން ކުރި ސުވާލަކަށް އިޝާރާތް ކުރައްވައި ވަޒީރު މީސްމީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެރެޓުގެ އަގު ބޮޑުވި ސަބަބު ބެލިބެލުމުން އެނގުނީ ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވެގެން އުޅޭ ކަމެވެ. ނަމަވެސް ބާޒާރުގައި ކެރެޓު ލިބުން ދަތިވި ވަގުތުވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް 40 ރުފިޔާ އަށް ކިލޯއެއް ލިބެން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ސަޕްލައި ކުރުމުގައި ދަތިތައް ކުރިމަތިވި ކުންފުނިތަކުގެ މުދާވެސް މިހާރު ކްލިއަރ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވިޔަފާރިވެރިން ކެރެޓު އަގުބޮޑުކޮށް ނުވިއްކަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބާޒާރުގައި ތަކެތީގެ އަގު ހަމަހަމަކޮށް ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން މިހާރުވެސް އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އިޤްތިޞާދީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
