logo
MPL

MPL

ޚަބަރު

ބާޒާރުގައި ކެރެޓް އަގު ރަނަށް، ކިލޯއެއްގެ 170 ރުފިޔާ އަށް އަރައިފި

އައިމިނަތު ސަދާނާ
22 ނޮވެމްބަރު 2026 - 04:00
ބާޒާރުގައި ކެރެޓް އަގު ރަނަށް، ކިލޯއެއްގެ 170 ރުފިޔާ އަށް އަރައިފި

މާލޭގެ ލޯކަލް މާރުކޭޓާއި އާންމު ފިހާރަތަކުގައި ކެރެޓްގެ އަގު އިންތިހާއަށް އުފުލި، ކިލޯއެއްގެ އަގު 170 ރުފިޔާއަށް އަރައިފި އެވެ.

ބާޒާރުގައި ކެރެޓު އަގުބޮޑުވި ނަމަވެސް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓް ކިލޯއެއް ވިއްކަމުންދަނީ އެންމެ 40 ރުފިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ ބާޒާރުގައި ކެރެޓް އަގު ބޮޑުވެފައިވާއިރު ކެރެޓް ކޭހެއްގެ އަގު ވަނީ 1،500 ރުފިޔާއަށް އުފުލިފައެވެ. މީގެ ކުރިން އާންމުކޮށް ކިލޯއެއް 25 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެން ހުރި ކެރެޓް، މިހާރު ބާޒާރުގައި ލިބެން ހުރީ ކިލޯއެއް 160 ރުފިޔާ އާއި 170 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އާންމު ބާޒާރުގައި ކެރެޓްގެ އަގު މިހާ ބޮޑަށް އުފުލިފައި ވީނަމަވެސް، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ހެޔޮ އަގުގައި ތަރުކާރީ އާއި މޭވާ ލިބެން އެބަހުއްޓެވެ. އެގޮތުން އެސްޓީއޯއިން މިހާރު ވިއްކާ އެހެން ބައެއް ތަކެތީގެ އަގުތަކަށް ބަލާއިރު، ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް، ފިޔާ ކިލޯއެއް 15 ރުފިޔާއަށް އަދި އާފަލު ކިލޯއެއް ލިބެން ހުރީ 12 ރުފިޔާއަށެވެ.

ބާޒާރުގައި ކެރެޓްގެ އިތުރުން ކާބޯތަކެތީގެ އެހެން ބައެއް ބާވަތްތަކުގެ އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން މީގެ ކުރިން 400 ރުފިޔާއިން ދަށުގައި ހުރި ބިސް ކޭހެއްގެ އަގު މިހާރު ވަނީ 530 ރުފިޔާއަށް އަރާފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ކުރިން 230 އާއި 250 ރުފިޔާއާ ދެމެދުގައި ހުރުމަށްފަހު، މިހާރު ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 480 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ވެރިރަށް މާލޭގައި ޒަރޫރީ މުދަލުގެ އަގުތައް އަހަރުން އަހަރަށް ބަލާއިރު ވަނީ 9 އިންސައްތަ މައްޗަށް ގޮސްފައެވެ. އަދި މަހުން މަހަށް ބަލާއިރުވެސް ތަކެތީގެ އަގުތަކަށް 1.01 އިންސައްތަ މަތިވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރުގައި ކެރެޓް އަގު ރަނަށް، ކިލޯއެއްގެ 170 ރުފިޔާ އަށް އަރައިފިޚަބަރު | 2 ގަޑިއިރު ކުރިންމިއަދުން ފެށިގެން ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުވާނެޚަބަރު | 5 މަސް ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 6 މަސް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 7 މަސް ކުރިން