ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އަލަށް ދެހާސް ހަތްސަތޭކަ އަށް ވުރެ ގިނަ ވިޔަފާރި އުފެދިއްޖެ: ސައީދު
22 ނޮވެމްބަރު 2026 - 05:08

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި 25،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން 2،771 ވިޔަފާރިއަކީ ވިޔަފާރިއަކީ އަލަށް ވިޔަފާރި ފެށުމަށް ދީފައިވާ ލޯނުތަކުގެ އެހީގައި ފެށި ވިޔަފާރިތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީ އަށްދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ ވެއަތުވި ތިން އަހަރުތެރޭ ރަޖިސްޓްރީކުރި ކޮންމެ ދިހަ ވިޔަފާރިއަކުން އެއް ވިޔަފާރިއަކީ ވިޔަފާރިފެށުމަށްދޭ ލޯނުތަކުން މަންފާ ލިބިފައިވާ ވިޔަފާރިއެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ، މިވީ މުއްދަތުގެ ތެރޭގައި ޖުމްލަ 4،061 ލޯނު އެޕްލިކޭޝަން ބަލައިގަންފައިވާ ކަމަށެވެ. އަދި މިލޯނުތަކުގެ ގާތްގަނޑަކަށް 68 އިންސައްތައަކީ އަލަށް ވިޔަފާރި ފެށުމަށް ދީފައިވާ ލޯނުތައް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.
ސައީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްދޭ ފައިނޭންސިންގ ސްކީމުގެ ދަށުން ޖުމްލަ 1.3 ބިލިއަން ރުފިޔާ ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އަދަދުގެ ތެރެއިން 482 މިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ވިޔަފާރިވެރިކަން ކުރިއަރުވައި، އަދި އިޤްތިޞާދީ ކުރިއެރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ސްޓާޓްއަޕްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް ވަނީ ބާރު އަޅާފަފައެވެ.

-01.jpg&w=3840&q=75)
