logo
MPL

MPL

ޚަބަރު

ޕީއެންސީއާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއި ކޮށްފި

އައިޝަތު ނަޝާ
16 ނޮވެމްބަރު 2026 - 13:09
ޕީއެންސީ އާ އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއި ކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ބާކީ އޮތް ދެ އަހަރު އެކުގައި މަސައްކަތްކުރުމަށާއި، ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދުކުރުމަށް އެއްބަސްވެ، ވެރިކަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާއި އެކު އަދާލަތު ޕާޓީގެ ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަަހީމް އަބްދުالله އެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުހައްމަދު ޝިފާން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

 

View post on Twitter

 

ޕީއެންސީ އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ ގުޅިގެން މަސައްކަތް ކުރުމަށް ޕީއެންސީގެ ދައުވަތެއް އަދާލަތު ޕާޓީއަށް ލިބުމާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު އެވެ.

އަދާލަތު ޕާޓީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމީ އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިަނާކޮށް ގައުމު ކުރިއަރުވާ ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދަށްވާތީ ކަމަށެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އަދާލަތު ޕާޓީން ދެކޭތީ ޕީއެންސީއާ އެކު ކޯލިޝަން ހެދީ ކަމަށްވެސް ބުނެފައިވެ އެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހަދާއިރު އަދާލަތު ޕާޓީގެ މަގުސަދުތަކާއި ޕާޓީގެ މެންބަރުންގެ ހައްގުތަކާއި ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައެޅުމުގެ ބާރު ޕާޓީގެ ރައީސަށް ދީފައިވާ ކަމަށްވެސް އަދާލަތު ޕާޓީން ކުރިން ބުނެފައިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީ ފިޔަވާ އެއްވެސް ޕާޓީއަކުން އަދި އިތުރު ޕާޓީއަކާ އެކު ކޯލިޝަން ހެދުމަށް ނިންމާފައެއް ނުވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އާ އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއި ކޮށްފިޚަބަރު | 30 މިނިޓު ކުރިންއަދާލަތު ޕާޓީން ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފިޚަބަރު | 2 ދުވަސް ކުރިންޕީއެންސީގެ އާ ވެބްސައިޓް ރައީސް އިފްތިތާޙުކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިންޕީއެންސީގެ ދާއިރާތަކުގެ އެތެރޭގެ އިންތިހާބު މާދަމާ ބާއްވަނީޚަބަރު | 4 މަސް ކުރިން