logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ އާ ވެބްސައިޓް ރައީސް އިފްތިތާޙުކޮށްދެއްވައިފި

އައިޝަތު ނަޝާ
19 ސެޕްޓެމްބަރު 2026 - 06:47
ޕީއެންސީގެ އާ ވެބްސައިޓް ރައީސް އިފްތިތާޙުކޮށްދެއްވައިފި

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރަސްމީ އައު ވެބްސައިޓް ރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ސެނެޓް (މަޖިލީހުގެ) ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ފަރުމާކޮށް އިފްތިތާޙުކުރި މި ވެބްސައިޓަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ފީޗާސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ޕޯޓަލްއެކެވެ. މި ވެބްސައިޓް މެދުވެރިކޮށް ޕާޓީގެ ހަބަރުތަކާއި، ހަރަކާތްތަކުގެ އިތުރުން މެންބަރުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ދިވެހިރާއްޖެ ޑިޖިޓަލް ނިޒާމަކަށް ފައްކާކޮށް، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނުގެ މި ތަސައްވުރާ އެއްގޮތަށް، ސަރުކާރުގެ އިދާރާތަކާއި ޕާޓީގެ ހިންގުން ޑިޖިޓަލައިޒް ކުރުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ އާ ވެބްސައިޓް ރައީސް އިފްތިތާޙުކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިންޕީއެންސީގެ ދާއިރާތަކުގެ އެތެރޭގެ އިންތިހާބު މާދަމާ ބާއްވަނީޚަބަރު | 2 މަސް ކުރިންޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު 2500 އަށްވުރެ ގިނަ މެންބަރުން މަޤާމުތަކަށް އަންނަނީޚަބަރު | 2 މަސް ކުރިން ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ މަހު ބާއްވަން ނިންމައިފިޚަބަރު | 3 މަސް ކުރިން