logo
Bank of Maldives

Bank of Maldives

ޚަބަރު

ރެފްރެންޑަމް ވޯޓަކީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓެއް ނޫން! އޮޅުވާލަން ނޫޅޭ : މެމްބަރު ފަލާހް

އައިޝަތު ނަޝާ
13 އޭޕްރީލު 2026 - 05:51
ރެފްރެންޑަމް ގެ ވޯޓަކީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓެއް ނޫން! އޮޅުވާލަން ނޫޅޭ : މެމްބަރު ފަލާހް

އޭޕްރިލް 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އެކު ނެގުނު ރެފްރެންޑަމް ވޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ރައްޔިތުންގެ ތާއީދު އޮތްތޯ ނުވަތަ ނެއްތޯ ބެލުމަށް ނެގި ވޯޓެއް ނޫންކަމަށާއި،އެއީ ރާއްޖޭގެ ނިޒާމަށް ބަދަލެއް ގެނައުމަށް ރައްޔިތުންނަށް ފެނޭތޯ ނުފެނޭތޯ އެހުމަށް ނެގި ވޯޓެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ،ރެފްރެންޑަމް ގެ ވޯޓަކީ ރައްޔިތުންގެ މަޖިލީހާ ރިޔާސީ އިންތިހާބާއި އެއްކޮށްލަން ރައްޔިތުންނަށް ފެނޭތޯ ނުފެނޭތޯ އެހުމަށް ނެގި ވޯޓެއް ކަމަށާއި،އިދިކޮޅު ފަރާތްތަކުން އެކަން އޮޅުވާލަން މަސައްކަތްކުރަން އުޅޭކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ރެފްރެންޑަމް ވޯޓަކީ ރައީސުލްޖުމްހޫރިއްޔާ އަށް ތާއީދު އޮތްތޯ ނެއްތޯ ބެލުމަށް ނެގި ވޯޓެއް ނޫންކަމަށާއި، އެގޮތަށް އެހިނަމަ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓުދިން އެންމެން ހަމަ ބުނާނީ ސަރުކާރަށް ތާއީދު އޮތްކަން ކަމަށް ވެސް މެމްބަރު ފަލާހް ވިދާޅުވިއެވެ.

މީގެއިތުރުން މެމްބަރު ފަލާހް ވިދާޅުވީ،އެމްޑީޕީގެ ހަގީޤީ ކުލައަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށާއި، ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއަށް ކުޑަކުޑަ ކާމިޔާބެއް ލިބުމުން އެ ބޭފޫޅުން މިހާރު އެތިބީ ބޮޑާވެ ކިބުރުވެރިވެފައި ކަމަށެވެ.

އެމްޑީޕީ ވެރިކަމުގައި ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ލޯނު އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުކަން ފާހަގަ ކުރައްވާ މެމްބަރު ފަލާހް އިތުރަށް ވިދާޅުވީ، އެކަމަށްޓަކާ އެމްޑީޕީ ބޭފުޅުން ރައީސް މުއިއްޒުއަށް ޝުކުރުވެރި ވާނެކަމަށް ހީކުރެވުނުކަމަށެވެ.

އަދި ނިމިދިޔަ އިންތިހާބުން އެންމެ ގިނަ ކައުންސިލް ގޮނޑި އާއި، އެންމެ ގިނަ ވޯޓު ލިބުނީ ޕީއެންސީއަށް ކަމަށާއި، އެކަމާ އެމްޑީޕީއަކަށް ދެކޮޅެއް ނުހެދޭނެކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެފްރެންޑަމް ގެ ވޯޓަކީ ސަރުކާރަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓެއް ނޫން! އޮޅުވާލަން ނޫޅޭ : މެމްބަރު ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލް އިންތިހާބު ރައީސް ޑރ. މުއިއްޒަށް މުހިންމު ވަނީ ވައުދުތައް ފުއްދުމަށް: ފަލާހްޚަބަރު | މަހެއް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ޕީއެންސީ އިން ތާއީދު: ފަލާހްޚަބަރު | މަހެއް ކުރިންރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް, އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފި: ފަލާހުޚަބަރު | 2 މަސް ކުރިން