logo
Bank of Maldives

Bank of Maldives

ޚަބަރު

އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަންކަން ފަލާހްގެ މިސާލުތަކުން ހާމަކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖޫން 2026 - 20:28
އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަންކަން ފަލާހްގެ މިސާލުތަކުން ހާމަކޮށްދެއްވައިފި

އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް އެމްޑީޕީގެ ވެރިކަމުގައި ކަންކޮށްފައިވާ ގޮތުގެ މިސާލުތަކެއް ދައްކަވައިފިއެވެ.

ފަލާހް މިފަދައިން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުހައްމަދު ޝަކީލް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލައިގެ ކޮމިޓީ ރިޕޯޓަށް އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހް ވިދާޅުވީ ޝަކީލަކީ މީގެ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލު ބޭފުޅެއް ކަމަށެވެ.

އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އަމަލުކުރި ގޮތް ރައްޔިތުންގެ ހަނދާނުން ނުފިލާނެ ކަމަށެވެ. އެގޮތުން، ހުސްނުއްސުއޫދު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭގައި ހުންނަވަނިކޮށް، އެތަނުން ނަގައިގެން ގޮސް ސުޕްރީމް ކޯޓަށް ވައްދައި ފަނޑިޔާރުކަމުގެ ހުވާ ކުރުވިކަމަށް އޭނާ ވިދާޅުވިއެވެ.

"މުޒާހަރާ ތެރޭ ހުއްޓައޭ މި ނަންގަތީ ގެންގޮސް ކޯޓަށް ލެއްވީ. ވަށައިގެން ފުލުހުންނާއި ސިފައިން ލާފައި ގެންގޮސް ކޯޓު ތެރެއަށް ލާފައި ފަނޑިޔާރު ކަމުގެ ހުވާ އެ ކުރެއްވީ. އަޅުގަނޑުމެން އެއްޗެއް ނުބުނަން އެއީ ގާބިލު ބޭފުޅެއްވީމަ،" ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ދިން އިރުވެސް، އެއީ ގާބިލު ބޭފުޅަކަށް ވާތީ ސަރުކާރު ހިންގާ ޕާޓީން އެކަމާ ދެކޮޅަށް ވާހަކަ ނުދައްކާ ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، އިދިކޮޅު ޕާޓީން މަޖިލީހުގައި ދައްކާ ވާހަކަތަކަކީ ދިވެހި ރައްޔިތުންނަށް ކަންކަން އޮޅުވައިލެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، ރައްޔިތުންނަށް ހަގީގަތް އެނގޭނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިޖިޓަލައިޒް ކުރާ ބިލުން ވެސް އެނގެނީ މި ސަރުކާރުގެ ނިޔަތް ވަރަށް ސާފުކަން: ޝާޑްޚަބަރު | ގަޑިއިރެއް ކުރިންއިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލަންކަން ފަލާހްގެ މިސާލުތަކުން ހާމަކޮށްދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޙަޤީޤީ ޑިޖިޓަލް ބަދަލަކީ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން: ޟަމީރުޚަބަރު | 6 ގަޑިއިރު ކުރިންއެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މިނިސްޓަރު އަމީންޚަބަރު | 6 ގަޑިއިރު ކުރިން