logo
Bank of Maldives

Bank of Maldives

ޚަބަރު

ވެރިކަންކުރައްވާފައި ތިބި ކުރީގެ ބޭފުޅުން ދެން ރަނގަޅުވާނީ ރަޖާ އަޅުއްވައިގެން ގޭގަތިއްބެވުން : ފަލާހް

އައިޝަތު ނަޝާ
19 ސެޕްޓެމްބަރު 2026 - 04:53
ވެރިކަންކުރައްވާފައި ތިބި ކުރީގެ ބޭފުޅުން ދެން ރަނގަޅުވާނީ ރަޖާ އަޅުއްވައިގެން ގޭގަތިއްބެވުން : ފަލާހް

2028 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް އެއްވެސް ބޮލުގަ ރިހުމެއް ނެއްކަމަށްށާއި،ވެރިކަންކުރައްވާފައި ތިބި ކުރީގެ ބޭފުޅުން ދެން ރަނގަޅުވާނީ ރަޖާ އަޅުއްވައިގެން ގޭގަތިއްބެވުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މެމްބަރު ފަލާހް މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.ފަލާހް ވިދާޅުވީ،ޕީއެންސީގެ މި ކޮންގްރެސް އަކީ ސިޔާސީ ޕާޓީ އަކުން މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ކޮންގްރެސް ކަމާ މެދު އިދިކޮޅު ފަރާތްތަކުން ވެސް އެއްބަސްވާކަަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހް އިތުރަށް ވިދާޅުވީ،2028 ވަނަ އަހަރުގެ ޕިއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަން އެ ޕާޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ އިރު، އެންމެން ގުޅިގެން ގަދައަޅާ މަސައްކަތް ކޮށްފިނަމަ 2028 ވަނަ އަހަރުގެ އިންތިހާބު ރައީސް ޑރ މުއިއްޒު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.

"2023 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިހާބުގަ ވީ ވައުދުފުޅުތަށް ފުއްދުމުގަ ސާބިތުކަމާއެކު ހުންނެވިކަން ދިވެހި ހުރިހާ ރައްޔިތުން ޤަބޫލުކުރޭ.އަބަދުވެސް އަޅުގަނޑުމެން އެންމެންނަށް އެމަނިކުފާނު ދެއްވާ ނަސޭހަތަކީ މި ޤައުމަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއްގެ ތެރޭގައި އެއްވެސް މީހަކު ބައިވެރިވެގެން ނުވާނޭ.އަދި އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ކަމެއް ހިނގާފާނޭ ކަމެއް ކުރުމަށްފަހު އެމަނިކުފާނުގެ އަރިހަށް އައިސްގެންނުވާނޭ. އެހެންވީމަ ބުނެލަން އޮތީ ރައީސް ޑރ މއުިއްޒު އަކީ ހަމައެކަނި ވިދާޅުވާ ބަހަކުން ކަންކަން ކުރައްވާ ބޭފުޅެއް ނޫނޭ.އެމަނިކުފާނުގެ އަމަލުފުޅުތަށް ވެސް ހުންނެވީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދޭން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ވާ ފަދަ ބީދައިން: މެމްބަރު ފަލާހް

ހަމައެއާއެކު، ކޮންގްރެސް ޕާޓީގެ އެތެރޭގައި ބައިބައިވުން އުފައްދައި ޕާޓީ ރޫޅާލުމަށް ސިޔާސީ ވާދަވެރިން ކުރަމުންދާ މަސައްކަތްތައް ދުވަހަކުވެސް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް ފަލާހު ވަނީ ރައްދު ދެއްވާފަ އެވެ.

މެމްބަރު ފަލާހް ގެ ވާހަކަ ނިންމާލެއްވީ، ރައީސުލްޖުމްހުރިއްޔާ ޤައުމަށްޓަކާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މާތްﷲ ކާމިޔާބު މިންވަރު ކޮށްދެއްވުން އެދިއެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ރައީސް ޑރ.މުއިއްޒު އަށް ކާމިޔާބު ކޮށްދެެއްވުން އެދި ދުއާ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެރިކަންކުރައްވާފައި ތިބި ކުރީގެ ބޭފުޅުން ދެން ރަނގަޅުވާނީ ރަޖާ އަޅުއްވައިގެން ގޭގަތިއްބެވުން : ފަލާހްޚަބަރު | 3 ގަޑިއިރު ކުރިންލަދުހަޔާތް ނެތިއްޖެނަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ: ފަލާހްގެ ވަރުގަދަ ރައްދެއް ޔާމީނަށްޚަބަރު | 8 ދުވަސް ކުރިންޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | 13 ދުވަސް ކުރިންއެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އަމަލާއި ބަހާއި ދިމާނުވާކަން: ފަލާހްޚަބަރު | 22 ދުވަސް ކުރިން