logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ސެޕްޓެމްބަރު 2026 - 04:02
ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހް

ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ވަރަށް ގަދަކޮށް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހުގައި ސިއްރު އިންގިލާބެއް ހިނގަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވާފައެވެ. ފަލާހު ވިދާޅުވީ 20 ވަނަ މަޖިލިސް ތަމްސީލުކުރައްވާ ޕީއެންސީގެ ހުރިހާ މެމްބަރުން ވެސް ސާބިތުކަމާއެކު ތިއްބެވީ ރައީސް މުއިއްޒާއެކު ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ޕީއެންސީގެ މަޖިލިސް ލަޝްކަރު ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ނާކާމިޔާބުވަނީ މެމްބަރުންގެ މެދުގައި ރައީސް މުއިއްޒަށް އޮތް ފުރިހަމަ އިތުބާރުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭރު ފައިސާގެ ގާނޫނަށް 20 ވަނަ މަޖިލީހުން ގެނައި އިސްލާހުތަކާއެކު ޑޮލަރުގެ އަގު އިހު ހުރި ރޭޓަށް ތިރިކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ފަލާހު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

"ބޭރުފައިސާގެ ގާނުނާއެކު ޑޮލަރުގެ އަގު 23 ގައި ހުއްޓާ މިހާރު އެހުރީ 19.80 ރުފިޔާއަށް ވެއްޓިފައި، ދުވަސްކޮޅެއް ނުވާނެ ޑޮލަރުގެ އަގު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެލެއްވި އިރު ހުރި ރޭޓަށް ތިރިވާނެ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ހަރުދާނާ ސިޔާސަތުތައް ތަންފީޒުކުރައްވަމުން ގެންދަވާތީ ޕީއެންސީގެ މުޅި ލީޑަޝިޕު އޮންނާނީ ސާބިތުކަމާއެކު ރައީސް މުއިއްޒާ އެކީގައެވެ. އަދި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ ވެސް ވަނީ ޔާމީންގެ އެވާހަކަތަކަށް ރޭ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މިގޮތުން  މަޖިލީހުގެ ބައެއް މެންބަރުން ރައީސް މުއިއްޒު އަރިހުގައި ތިއްބެވީ 'ގަދަކޮށް ނޫން' ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މެންބަރުން ތިއްބެވީ އިޚްލާސްތެރިކަމާއެކު ވަރަށް ގަދަކޮށް ކަމަށެވެ. އަދި ޕީއެންސީގެ ތެރޭގައި ރެނދު އަޅުވަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕީއެންސީގެ އިސް ބޭފުޅުންނާ މެދު ޔާމީން ހިތްހަމަޖެހިވަޑައި ނުގަންނަވަނީ އެ މަނިކުފާނު ނޫން އެހެން ބޭފުޅަކަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރެއްވުމުން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، މަޖިލީހަކީ 'ކުއްތާ ކޮށްޓެއް' ގެ ގޮތުގައި ޔާމީން ސިފަކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ފަރާތުން އެފަދަ ވާހަކަތަކެއް ފެނިގެން ދިޔުމަކީ އެ މަނިކުފާނުގެ ކިބައިގައި ހުރި ބޮޑާކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ޔާމީނަކީ ވެރިކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 21 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | 30 މިނިޓު ކުރިންއިދިކޮޅުން އުޅެނީ ރައްޔިތުންނާއި ސަރުކާރު ދެމެދަށް ވަދެ ފަސާދަކުރަން: މުހައްމަދު އިސްމާއީލްޚަބަރު | 2 ގަޑިއިރު ކުރިންޔާމީންގެ ވެރިކަން ނިމުނީ އަނިޔާވެރިވެ، ދިވެހިންގެ ބައިތުލްމާލު ދިރުވާލީމާ: އަބްދުއްރަހީމްޚަބަރު | 9 ގަޑިއިރު ކުރިންޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއުޚަބަރު | 10 ގަޑިއިރު ކުރިން