logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އަމަލާއި ބަހާއި ދިމާނުވާކަން: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޯގަސްޓު 2026 - 12:56
އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އަމަލާއި ބަހާއި ދިމާނުވާކަން: ފަލާހް

އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުން ހާމަވަނީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި ޢަމަލާ ދިމާނުވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން 26 އޯގަސްޓް 2026 ގައި ވަނީ ފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔާމީން ވަނީ އެ ގޮތަށް ޢަމަލު ނުކުރުމަށް ރިސޯޓްތަކަށް ގޮވައިލައްވާފައެވެ.

ޔާމީން މިގޮތަށް ގޮވައިލެއްވިވާހަކަ ނޫހަކުން ރިޕޯޓްކޮށްފައިވާ ޚަބަރަށް އިޝާރާތްކުރަށްވަމުން ފަލާހް ވިދާޅުވީ، ވެރިކަން ކުރައްވާފައިވާ ވެރިއަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލެއްވުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތު ދިނުން ކަމަށެވެ. އަދި މިކަމުން ހާމަވެގެންދަނީ ރައީސް ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުންފުޅުގެ ބޮޑުކަމާއި، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

View post on Twitter

 

މީގެއިތުރުން ފަލާހް ވިދާޅުވީ މިއަދުވެސް ރައީސް ޔާމީން ފަދަ ބޭފުޅަކަށް ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިފައި އޮތުމަކީ ހިތާމަހުރި، އަދި އެކަމާ މުޅި ޤައުމުވެސް ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ފަލާހް އިތުރަށް ވިދާޅުވީ، ރައީސް ޔާމީނު ދައުލަތުން ނަންގަވާފައިވާ އެތައް މިލިއަން ޑޮލަރެއް އަނބުރާ ދައުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށްވެސް ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދަން އަންގައިފިޚަބަރު | 3 ގަޑިއިރު ކުރިންޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | ދުވަހެއް ކުރިންޔާމީންގެ ވެރިކަން ނިމުނީ އަނިޔާވެރިވެ، ދިވެހިންގެ ބައިތުލްމާލު ދިރުވާލީމާ: އަބްދުއްރަހީމްޚަބަރު | ދުވަހެއް ކުރިންމާލޭ ވިޔަފާރި ބަނދަރާއި ގުޅުވައި ޔާމީން ހެއްދެވީ ބުހުތާން ދޮގެއްޚަބަރު | 7 ދުވަސް ކުރިން