logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ ''ދެބޯބުރާންޗެއް'' ކަމަށް: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ޖޫން 2026 - 18:54
ރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ ''ދެބޯބުރާންޗެއް'' ކަމަށް: ފަލާހް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ އިސް ގާނޫނީވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދާމެދު ރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ "ދެބޯބުރާންޗެއް" ގޮތުގައިކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ނިސްބަތްކުރައްވާ ނޭއްގާނީ ބަހުރުވައިން ޖަމީލް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަމީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހް ސުވާލު ކުރެއްވީ 2008 ވަނަ އަހަރުގެ ފަހުން މި ރާއްޖޭގައި އުފެދުނު ވެރިންގެ ތެރެއިން ޖަމީލް މިފަދަ ބަހުރުވައިން މުޚާތަބު ނުކުރާ އެއްވެސް ވެރިއަކު އެބަހުރިތޯއެވެ.

 "މާމީހަކަށްވެގެން ހާސިލުކުރެވުނު އެއްވެސް ކާމިޔާބެއް އެބައޮތްތަ؟ މިހާރުވެސް ހުސްބުޅިއެއްލިޔަސް ޖަމީލު ބާނާނަން ބެޓްކޮށްފަ މިބުނީ،" ފަލާހް ވިދާޅުވިއެވެ.

ގައުމީ ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި ކުރިން ފެނުނު ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރި ބޭފުޅެކެވެ. އެ ދުވަސްވަރު އޭނާ ވަނީ އިނގިރޭސިވިލާތުގައި އަރުވާލެވިގެން ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، އޭރުގައި އޮތް ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ކޯލިޝަނެއް އުފެއްދުމުގައި މަސައްކަތް ކުރައްވާފައެވެ. އެއިރު އޭނާ ހުންނެވީ ޕީޕީއެމް ދޫކުރަށްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވެ.

ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، އޭނާ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. 2022 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ 2015 ވަނަ އަހަރު އޭނާ ވަކިކުރުމުގައި ދިފާއުވުމުގެ ފުރުސަތު ނުދީ، އޭނާގެ ދުސްތޫރީ ހައްގުތަކަށް އުނިކަން ލިބިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.

ފަހުގެ ތާރީޚުގައި ޖަމީލް ފެނިގެންގޮސްފައިވަނީ ރައީސް ޔާމީންގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ޕީޕީއެމް ކޯލިޝަނާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، 2023 ވަނަ އަހަރުގެ ފަހުކޮޅު ޖަމީލް ވަނީ އެ ކޯލިޝަނުން ވަކިވެ، ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާ ގުޅިވަޑައިގެންފައެވެ.

މިހާރު ޖަމީލް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި، މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ފަލާހްގެ މި ރައްދަކީ ޖަމީލްގެ މި ފާޑުކިޔުންތަކާ ގުޅިގެން އައިސްފައިވާ ހޫނު ރައްދެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ ''ދެބޯބުރާންޗެއް'' ކަމަށް: ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހްޚަބަރު | 4 ދުވަސް ކުރިންމަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން: އެމްޕީ ފަލާހްޚަބަރު | 10 ދުވަސް ކުރިންމެމްބަރު ފަލާހް ވިދާޅުވަނީ: ތިން ރައީސުންގެ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް!ޚަބަރު | މަހެއް ކުރިން