logo
MPL

MPL

ޚަބަރު

ޑޮލަރު އަގުބޮޑުވެގެން މިއުޅެނީ ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ފަލާހް

އައިޝަތު ނަޝާ
11 ޖުލައި 2026 - 18:00
ޑޮލަރު އަގުބޮޑުވެގެން މިއުޅެނީ ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ފަލާހް

ރާއްޖޭގައި ޑޮލަރު އަގުބޮޑުވެގެން ދިޔައީ އިބްރާހިމް މުހައްމަދު ސާލިހް ގެ ސަރުކާރުން 8 ބިލިއަން ރުުފިޔާ ޗާޕުކުރުމުގެ ސަބަބުން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ލީޑަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

'އެމްއެމްޓީވީ'ން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަލާޙް ވަނީ، މާދަމާރޭ އިދިކޮޅު އެމްޑީޕީން "ޑޮލަރެއްނެތް" ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަަނަށް އަލިއަޅުވައިލައްވައިފަ އެވެ. އެފަދަ ޕެނަލް ޑިސްކަޝަނެއް އެމްޑީޕީން ބާއްވަންޏާ އެ ވާނީ ހަޑި ކަމަކަށް ކަމަށް ފަލާޙް ސިފަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ފަލާހް ވަނީ އާންމުންނަށް ފަސޭހައިން ޑޮލަރު ލިބޭ ދުވަސްވަރެއް މި ނޫނިއްޔާ އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބޭސްފަރުވާއަށް ފުރާ މީހުންނަށް ބޭންކު ރޭޓުގައި އެއްހާސް ޑޮލަރު ލިބޭ ކަމަށާއި، ބޭރު ގައުމުތަކުގައި ކިޔަވާ ކުދިންނަށާއި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރަން ފުރާ ދިވެހިންނަށް ވެސް ބޭންކު ރޭޓުގައި ޑޮލަރު ލިބޭ ކަމަށް ފަލާޙް ފާހަގަ ކުރެއްވެވި އެވެ.

ޞާލިޙްގެ ސަރުކާރާ ގުޅޭގޮތުން ފަލާޙް އިތުރަށް ވިދާޅުވީ، ޞާލިޙްގެ ސަރުކާރު 2018ވަނަ އަހަރު ހަވާލުވިއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 200 މިލިއަން ޑޮލަރު އޮތް ކަމަށާއި، މި ސަރުކާރު އައިއިރު އޮތީ ދެ މިލިއަން ޑޮލަރު ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ހުރިހާ މަޝްރޫއެއް ހިންގީ ދަރަންޏަށް ކަމަށް ފަލާޙް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް 19ވަނަ މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކޮށް އާމްދަނީ ލިބޭނެ އެއްވެސް މަޝްރޫއެއް ހިންގައިފައެއް ނެތެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަނީ ޑޮލަރުގެ އަގު ދަށްކުރުމަށް، ގާނޫނަށް އަދިވެސް އިސްލާހު ބޭނުންވޭ: ފަލާހްޚަބަރު | 7 ދުވަސް ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | 9 ދުވަސް ކުރިން2028 ގައި ޔާމިން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން: ފަލާހުޚަބަރު | 15 ދުވަސް ކުރިންކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހުޚަބަރު | 15 ދުވަސް ކުރިން