logo
MPL

MPL

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަނީ ޑޮލަރުގެ އަގު ދަށްކުރުމަށް، ގާނޫނަށް އަދިވެސް އިސްލާހު ބޭނުންވޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޯގަސްޓު 2026 - 04:00
ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަނީ ޑޮލަރުގެ އަގު ދަށްކުރުމަށް، ގާނޫނަށް އަދިވެސް އިސްލާހު ބޭނުންވޭ: ފަލާހް

ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޑޮލަރުގެ އަގު ދަށްކުރުމަށް ކަމަށާއި، އެހެންކަމުން އަދިވެސް ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ބޭރުފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކްތަކަށް ޖަމާކޮށް، މާރުކުރަން ލާޒިމުކުރާ ބޭރުފައިސާގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ގާނޫނު ލާޒިމުކުރާ ގޮތަށް ހުރިހާ ރިސޯޓްތަކުން ވެސް ފައިސާ މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަން ނުކުރާ ފަރާތްތަކާމެދު ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރު ފަލާހު ވިދާޅުވީ، "ސަތޭކަ ރިސޯޓް އޮތް ކަމަށް ވަންޏާ 60 ރިސޯޓުން މާރުކޮށްފައި އަނެއް 40 ރިސޯޓުން މާރުނުކުރާ ކަމަށް ވަންޏާ ފިޔަވަޅު އަޅުއްވަން ޖެހޭނެ. އަޅުގަނޑުމެންގެ މި ސަރުކާރުގެ ހާއްސަކޮށް، އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަމުން ގެންދޭ ޑޮލަރުގެ އަގު ދަށްކުރުމަށްޓަކައި. އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަދިވެސް މި ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންޖެހޭ،" ކަމަށެވެ.

ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރުމަށް 'ކެޓެގަރީ އޭ' ގައި ހިމެނޭ ރިސޯޓުތަކަށް ގާނޫނުން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އިއްޔެ ވަނީ އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވާލާފައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން، ކެޓަގަރީ އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި މާރުކުރަން ޖެހެނީ އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހަކު އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދަށްވާ ފައިސާ ނުވަތަ ލިބުނު ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަނީ ޑޮލަރުގެ އަގު ދަށްކުރުމަށް، ގާނޫނަށް އަދިވެސް އިސްލާހު ބޭނުންވޭ: ފަލާހްޚަބަރު | ގަޑިއިރެއް ކުރިންއަންނަ އަހަރު މަޖިލީހުގެ ބަޖެޓަށް 227 މިލިއަން ރުފިޔާ ފާސްކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންއެއް މައްސަލައެއްގައި ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފިޚަބަރު | 17 ގަޑިއިރު ކުރިންމުހިންމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ދެވަނަ ދައުރު މިމަހުގެ 27 އަށް ދަންމާލައިފިޚަބަރު | 18 ގަޑިއިރު ކުރިން