logo
MPL

MPL

ޚަބަރު

ޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޯގަސްޓު 2026 - 17:32
ޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ފަރާތެއްގެ ޓެކްސް ބޮޑުނުވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ފަލާހު ފާހަގަކުރެއްވި ގޮތުގައި މިއީ ދައުލަތުގެ މާލިއްޔަތަށާއި މިލްކިއްޔާތަށް އެންމެ އެކަށީގެންވާ ގޮތުގައި އާމްދަނީ ހޯދުމަށް ޓަކައި ގެނެވޭ ވަރަށް މުހިންމު ބަދަލުތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ތާއީދުކުރައްވާ ކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ގެންނަން މަޝްވަރާކުރެވުނު އިސްލާހުތަކެއް ކަމަށެވެ. އަދި މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށް އޭރުގެ ސަރުކާރާއި މަޖިލީހުން ފަސްޖެހުނު ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، "ކުދި ވިޔަފާރިއެއް، ބޮޑު ވިޔަފާރިއެއް، މެދު ވިޔަފާރިއެއް ކިޔާނެ ކަމެއް ނެތް. އެއްވެސް ދާއިރާއެއްގައި މަސައްކަތްކުރާ ޓޫރިޒަމް ޚިދުމަތް ވިއްކާ ފަރާތަކަށެއް ޓެކްސް އިތުރަކަށް ދައްކާކަށެއް ނުޖެހޭ،" ކަމަށެވެ.

ސަރުކާރުން މި ބިލު ހުށަހެޅި މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމަށްޓަކައި، އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މީގެ އިތުރުން ޖީއެސްޓީ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އިސްލާހުތައް ވެސް މި ބިލުގައި ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފިޚަބަރު | ދުވަހެއް ކުރިން2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | ދުވަހެއް ކުރިންފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދުޚަބަރު | 2 ދުވަސް ކުރިންއަންނަ އަހަރުގެ ބަޖެޓް މާދަމާ ހުށަހަޅަނީޚަބަރު | 2 ދުވަސް ކުރިން