logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

2028 ގައި ޔާމިން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން: ފަލާހު

އަޙުމަދު ރިޝާން
10 އޯގަސްޓު 2026 - 18:38
2028 ގައި ޔާމިން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން: ފަލާހު

އަންނަ ރިޔާސީ އިންތިހާބު، 2028 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވަނީ ރައީސް ޑރ. މުހައްމަދު މުއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ އަށް ފަލާހު ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމިން، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ފަލާހު ވިދާޅުވީ ޒަމާނެއްގެ ކޮޅުން ވެސް އެމްޑީޕީ އަށް ވެރިކަން ލިބިއްޖިއްޔާ ރައީސް ޔާމިން އަންބުރާ މާފުށީ ޖަލަށް ބަދަލު ކުރައްވާ އަނިޔާވެރިވާނެ ކަމަށެވެ. އަދި އެމްޑީޕީން ރާއްޖެ އަނެއްކާ ވެސް އިނދަޖައްސާލާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހު މިމޭރުމުން ސޯޝަލް މީޑިއާ އަށް ޕޯސްޓެއްދޫކޮށްލެއްވީ ރައީސް ޔާމިން އެމްޑީޕީގެ މައްޗަށް އަދިވެސް އިހްތިޔާރު ކުރަނީ ރައީސް މުއިއްޒު ކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.

އެމްޑީޕީން ގެންނަން އުޅޭ ކަމަށް ބުނާ "ބޮޑު ބަދަލަކީ" ރައްޔިތުންނަށް އުފުލޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި، އެއީ ގައުމަށް އޮތް ބޮޑު ތަކުލީފެއް ކަމަށް ވެސް ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް އެމްޑީޕީއަށްވުރެ ބޮޑަށް އެމަނިކުފާނު ހިޔާރުކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | 13 ގަޑިއިރު ކުރިން ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | 2 ދުވަސް ކުރިންނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | 3 ދުވަސް ކުރިންއިދިކޮޅުގެ ދުއްތުރާތަކުން ހަށިފޮޅާލައި ރާއްޖެއަށް މާލީ ބޮޑު ކާމިޔާބީއެއްރިޕޯޓް | 3 ދުވަސް ކުރިން