logo
MPL

MPL

ޚަބަރު

އެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2026 - 02:49
އެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހް

މުޅި އެމްޑީޕީ އާއި އެމްޑީޕީއާއި އެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ވެސް، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ބަލިކޮށްލާފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއާ ގުޅޭގޮތުން ފަލާހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މި އިންތިޚާބާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ އިސް ލީޑަރުން ކަމަށްވާ އިބްރާހިމް މުޙައްމަދު ޞާލިޙް، މުޙައްމަދު ނަޝީދު، ފައްޔާޒު އިސްމާއިލް، ޢަބްދުﷲ ޝާހިދު އަދި އާދަމް އާޒިމްގެ އިތުރުން މުޅި އެމްޑީޕީގެ ގައުމީ މަޖިލީސް އައްޑޫއަށް އަރައި މަސައްކަތް ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހް ވިދާޅުވީ، އެމްޑީޕީއާއެކު މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވި ރައީސް ޔާމީންގެ ތާއީދާއެކު ނުކުތް ނަމަވެސް، ތިން ދައުރު މޭޔަރުކަން ކުރެއްވި ސޯދިގު ބަލިވީ ލަދުވެތި ގޮތަކަށް ކަމަށެވެ.

 

View post on Twitter

 

 "އައްޑޫގައި ދިރިއުޅޭ ރައްޔިތުން ބުނާކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ!" ފަލާހް ލިޔުއްވާފައިވެއެވެ.

އިންތިޚާބުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ، ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ފޮއްޓަކުން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދާފައިވާ ކަމަށެވެ. މިއީ އައްޑޫ ރައްޔިތުންގެ މެދުގައި ޕީއެންސީއަށް އޮތް މަގުބޫލުކަމާއި ރައީސް މުޢިއްޒަށް އޮތް އިތުބާރު ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، 2028 ވަނަ އަހަރު އަންނައިރު އައްޑޫ ސިޓީ ވެގެންދާނީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ކަމަށެވެ. މި ނަތީޖާއަކީ އެމްޑީޕީގެ ލީޑަރޝިޕަށް ރައްޔިތުން ދިން ވަރުގަދަ މެސެޖެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 3 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 4 ދުވަސް ކުރިންމަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް: ފަލާހްޚަބަރު | 4 ދުވަސް ކުރިންރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހުޚަބަރު | 24 ދުވަސް ކުރިން