logo
Bank of Maldives

Bank of Maldives

ޚަބަރު

ތޮއްޑޫ އިން އެމްޑީޕީ އަށް 'ނޫނެކޭ' ބުނެ، 7 ގޮނޑި ޕީއެންސީ އަށް!

މުޙައްމަދު އަފްރާޙް
6 އޭޕްރީލު 2026 - 05:33
ތޮއްޑޫ އިން އެމްޑީޕީ އަށް 'ނޫނެކޭ' ބުނެ، 7 ގޮނޑި ޕީއެންސީ އަށް!

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އއ. ތޮއްޑޫގެ 7 ގޮނޑި ވެރިކަންކުރާ ޕާޓީ، ޕީއެންސީ އިން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ތޮއްޑޫ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އާދަމް ނަވީން އެވެ. ނަވީން މި ގޮނޑި ކާމިޔާބުކުރީ 604 ވޯޓް ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބުނީ 564 ވޯޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލްގެ އެހެން މަގާމުތަކަށް ބަލާއިރު، އަންހެން މެންބަރު ކަމުގެ ގޮނޑި ޕީއެންސީ ކެންޑިޑޭޓް މަރިޔަމް ސުޒީ ކާމިޔާބުކުރީ 719 ވޯޓާއެކުގައެވެ. އަދި ކައުންސިލް މެންބަރު ކަމުގެ ދެ މަގާމަށް ވެސް އިންތިޚާބުވީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނެވެ. އެއީ މޫސާ އަނިލް އާއި އަލީ ރިޝާން އެވެ. މޫސާ އަނިލް 591 ވޯޓް ހޯދިއިރު، އަލީ ރިޝާން ވަނީ 565 ވޯޓް ހޯދާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމުވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެ މަޤާމަށް އިންތިޚާބުވި އައިމިނަތު ސިމްލާ ވަނީ 654 ވޯޓް ހޯދާފައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އަޒީލާއަށް ލިބިފައިވަނީ 440 ވޯޓެވެ.

މީގެ އިތުރުން، އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ތިން މަޤާމުވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެއީ އައިމިނަތު އިފްނާ އާއި ނަބީލާ އާދަމް އާއި ޙައްވާ މަލީސާ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ މަހު ބާއްވަން ނިންމައިފިޚަބަރު | 9 ދުވަސް ކުރިންދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިޚަބަރު | 11 ދުވަސް ކުރިން'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން: މެމްބަރ އަބްދުއްސައްތާރުޚަބަރު | މަހެއް ކުރިންއަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ދަރުބާރާ އުސޫލު އާންމުކޮށްފިޚަބަރު | 2 މަސް ކުރިން